އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި އެތުލީޓުންނާ ރައީސް ބައްދަލުކުރައްވައިފި

2 months ago

އިބްރާހިމް ފައުޒީ

ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި އެތްލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް ޓީމުގެ އެތުލީޓުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ. 1.7 ބިލިއަން މީހުން ދިރިއުޅޭ ސަރަޙައްދަކުން މިވަގުތު މި ސަރަޙައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ރާއްޖޭގެ އެތުލީޓެއް ހުރިކަމަށްޓަކައި އުފާކޮށް އެއުފާ ދިވެހިންނަށް ގެނެސްދިން ޙަސަން ސާޢިދަށް ރައީސްވަނީ ވަރަށްބޮޑަށް މަރުޙަބާ ކިޔާފައެވެ. އަދި އެހެން ކުޅިވަރިތަކުން މެޑަލް ހާސިލްކުރި ކުޅުންތެރިންނަސްވެސް ވަނީ މަރުހަބާ ކިޔާފައެވެ. ރައީސް އިތުރަށް ވިދާޅުވީ "ސިޔާސީ ވާދަވެރިން ކިތަންމެ ވާހަކައެއް ދެއްކިޔަސް މި ސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއްނޫން ސަރުކާރުން ކުރަނީ ކުޅިވަރަށް ސަޕޯޓް ކުރަނީ، އެހީތެރިވެދިނުންކަމަށެވެ. އެއީ ޒުވާނުންނަށް، އަދި ޤައުމަށް ފައިދާހުރި ކަމަކަށްވާތީ، އެކަން ކުރަނީ ހުރިހާ ކުޅިވަރަކަށް، ތަފާތުކުރުމެއްނެތި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ވަނަތައް ހޯދުމުގައި ޢާއިލާއިންވީ ޤުރްބާނީއާއި، އެސޯސިއޭޝަންތަކުން ކޮށްދެއްވި މަސައްކަތާއި، ސްޕޯޓްސް މިނިސްޓްރީ އިން އެ ކުރެއްވި ބުރަ މަސައްކަތަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ ކާމިޔާބެއް ހޯދުމަށްޓަކައި ކޮންމެހެން އެއީ ބޮޑު އާބާދީއެއް އޮންނަ ތަނަކަށްވާކަށްނުޖެހޭކަމާއި އަދި ބޮޑު ޤައުމަކަށްވާކަށްނުޖެހޭކަން ދިވެހިން މިއަދު ހާމަކޮސްދީފިމަށެވެ. ބޭނުންވަނީ ރަނގަޅު ޕްލޭނެއް އޮވެގެން ކުރިއަށް ދިޔުމާއި ރަނގަޅު ޓްރޭނިންގ ހޯދައިދިނުމާއި ފެސިލިޓީޒްތައް އިތުރުކޮށްދިނުމެވެ. ރާއްޖޭގެ އެކި ސްޕޯޓްސްއަށް އެންމެ ބޭނުންވާ ފެސިލިޓީޒްތައް ނެތުމުން އެކަންތައްތައް ކުރުމަށްޓަކައި މަސައްކަތްކޮށް ރަނގަޅު ޓްރޭނިންގ ހޯދުމަށްޓަކައި ބޭނުންވާ ކޯޗުންނާއި، ތަމްރީނުދޭނެ ފަރާތްތައް ހޯދައި، އަދި ބޭރަށް ފޮނުވަންޖެހޭ ކަމަށްވަންޏާ، އެ ކަންތައްތައްވެސް ކޮށްދެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު