އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރާއްޖޭގެ ހޯމް މިނިސްޓަރަ އިމްރާނު ޢަބްދުﷲ ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

8 months ago

އިބްރާހިމް ޢަލީ

މިހާރު ތުރުކީއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ދާޚިލީވަޒީރު އައްޝައިޚު ޢިމްރާން ޢަބްދުﷲ ތުރުކީގެ ދާޚިލީވަޒީރު ސުލޭމާން ޞޮއިލޫއާ ބައްދަލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދާޚިލީވަޒީރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ތުރުކީގެ ދާޚީލީ ވަޒީރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ތުރުކީގެ ދާޚިލީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ބައިވެރިވެ ވަޑައިގަތެވެ. މިދެބޭފުޅުންގެ ޝަރަފްގައި ތުރުކީގެ ދާޚިލީވަޒީރުވަނީ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު