އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ސްރީލަންކާގެ އާރައީސް ހުވާކުރުން މިއަދު ބާއްވަނީ

4 months ago

އިބްރާހިމް ފައުޒީ

އަވަށްޓެރި ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާމްއިންތިޚާބު ކާމިޔާބު ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމުގެ ހުވާކުރެއްވުން މިއަދު އޮންނާނެކަމަށް ޚަބަރު ލިބެއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ފެށޭނީ ލަންކާގަނޑިން މިއަދު ހެދުނު 11.00 ގައި އަނޫރަދަޕޫރުގައެވެ. މިއިންތިޚާބު ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވާފައިވަނީ ވޯޓްލީ މީހުންގެ %52 ކާޟިޔާބު ކުރައްވައިގެންނެވެ. މިއިންތިޚާބުގައި ގާތްގަނޑަކަށް 6 މިލިއަނެއްހާ މީހުން ވޯޓްލާފައިވެއެވެ. މިއިންތިޚާބުގައި ގޮޓަބާޔަ ރާޖަޕަކްސައާއި އެންމެ ކައިރިން ވާޑަކުރައްވާފައިވަނީ ސާޖިތު ޕްރެމަދާސައެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ ގާތްގަނޑަކަށް %42 ވޯޓެވެ. އިންތިޚާބުގައި ބަލިވެ ވަޑައިގަތުމުން ސާޖިތު ޕްރެމަދާސަ ވަނީ އޭނާގެ ޕާޓީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު