އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އަވަށްޓެރި ލަންކާގެ އާރައީސަކަށް ގޮޓަބާޔަ ރާޖަޕަކްސަ

4 months ago

އިބްރާހިމް ފައުޒީ

އަވަށްޓެރި ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު، ޕޮޑުޖަނަ ޕެރަމުނަ ޕާޓީން ވާދަކުރެއްވި ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވައިފިއެވެ. ގޮތަބަޔަ ރާޖަޕަކްސައަކީ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ކޮއްކޮއެވެ. ތަމަޅަ ތައިގަރުންނާ ދެކޮޅަށް ލަންކާގައި ހިނގާ ދިޔަ ދިގު އަހުލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި ގޮޓަބާޔަ ރާޖަޕަކްސަ ގެ ދައުރު ބޮޑެވެ. އޭރު ގޮޓަބާޔަ ރާޖަޕަކްސަ ޑިފެންސް ސެކްރެޓަރީއަށެވެ. މިކާމިޔާބީއާއި ގުޅިގެން ދުނިޔޭގެ ގިނަޤއުމުތަކުގެ ވެރިން ގެންދަވަނީ ގޮޓަބާޔަ ރާޖަޕަކްސަގެ ކާމިޔާބީއަށް މަރުހަބާ ދަންނަވަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ހިމެނެއެވެ. އަދި ޚަބަރުތައް ބުނާގޮތުގައި ގޮޓަބާޔަ އެންމެ ކައިރިން ވާޑަކުރެއްވި މިހާރުގެ ހައުސިން މިނިސްޓަރ ސަޖިތު ޕްރޭމަދާސާ ވަނީ ބަލި ގަބޫލުކުރައްވައި، ގޮތަބަޔަ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު އަދާކުރައްވަމުން ގެންދަވާ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުންވެސް ވަނީ ވަގުތުން އިސްތިއުފާ ދެއްވާފައެވެ. މިގަފަހަރުގެ އިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ ގާތްގަނޑަކަށް 16 މިލިއަން މީހުންގެ ތެރެއިން 80 ޕަސަންޓް މީހުން ވޯޓުލާނެކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ. ބެލެވޭ ގޮތުގައި ގޮޓަބާޔަ ރާޖަޕަކްސަ އެޤައުމުގެ ބޮޑުވަޒީރުކަމަށް ގެންނަވާނެކަމަށް ބެލެވެނީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސައެވެ. 

ކިޔުންތެރިންގެ ހިޔާލު