އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކުރަނޑިލީބަތް ތައްޔާރު ކުރާނެގޮތް

4 months ago

ޖުވޭރިޔާ ވަޖުދީ


ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. ހުކުރު ދުވަހަކީ އަބަދުވެސް ސުފުރާމަތި ފަޅުފިލުވާލާ ދުވަހެކެވެ. އެގޮތުން މިއަދު މިގެނެސްދެނީ ކުކުޅުގެ ކުރަނޑިލީބަތް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ކުކުޅު ކުރަނޑި

1 ފިޔާ ( ހިމުންކޮށް ކޮށާފައި)

1 ހިކަނދިފަތް

3 ރާނބާފަތްކޮޅު ( ބައިއިންޗިއަށް ބުރިކޮށްފައިހުރި)

3 ޖޯޑުބަތް

1 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)

ލޮނުކޮޅެއް

ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާ އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ ފިޔާ ، ހިކަނދިފަތް، ރާނބާފަތް، މިރުސް، އަދި ކުރަނޑިކޮޅު އަޅާލާށެވެ. ކުރަނޑިކޮޅު ރޯފިލަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ބާކީހުރި ހުރިހާބާވަތްތައް އެއްކޮށްފައި ރަނގަޅަށް އެއްވީމާ އުނދުންމަތިން ބާލާށެވެ. 

ކިޔުންތެރިންގެ ހިޔާލު