
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
11 months ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
10 months ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
10 months ago
3 weeks ago
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން ހުށަހަޅައިފިއެވެ.
މިމައްސަލަ ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ. މިކަން ހާމަކުރައްވާފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ވަކީލުންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވާހަކަދެއްކެވި އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ވެރިކަމާއި ޙަވާލުވިފަހުން
އަމިއްލަ ދަތުރުފުޅުތަކުގައި ދައުލަތުގެ މުދާ ބޭނުން ކުރެއްވި މައްސަލައެވެ. ރައީސް ނަޝީދުގެ މައްޗަށް ތހުމަތު ކުރަނީ ހުވަދު އަތޮޅުގެ ރަށްތަކަށާއި ދެކުނުގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ މީޑިއާ ރަސްމީ ޓްވީޓާ އެކައުންޓުން ބޭނުންކުރެއްވި މައްސަލައެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ މައްޗަށް ކުރަނީ ޔޫއޭއީ ގެ އިންޓީރިއާ މިނިސްޓަރާ ބައްދަލު ކުރެއްވިއިރު އެކަމަނާގެ ދަރިކަލުން ބައިވެރި ކުރި މައްސަލަ އެވެ.