އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ބޯވަދިލަމަސްލީބަތް ތައްޔާރު ކުރާނެގޮތް - ޖުވޭ

4 months ago

ޖުވޭރިޔާ ވަޖުދީ


މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ސީފުޑް ރައިސްއެއް ކަމަށްވާ ބޯވަދިލަމަސްލީބަތް ތައްޔާރު ކުރާނެގޮތެވެ. މިއީ ޢާންމުކޮށް ކުރިން ދިވެހީން ކައިއުޅުނު އެއްޗެއްނޫންނަމަވެސް މިހާރަކަށް އައިސް ޚާއްޞަކޮށް ޒުވާން ކުދިންނަށް ވަރަށް ކަމުދާ އެއްޗެކެވެ.

ބޭނުންވާތަކެތި

4 ޖޯޑުބަތް

2 /1 1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ބޯވަދިލަމަސް

1 ފިޔާ ( ހިމުންކޮށް ކޮށާފައި)

3 ހިކިމިރުސް ( ހިމުންކޮށް ކޮށާފައި)

1 ހިކަނދިފަތް

3 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިކޮށްފައިހުރި)

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާއުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލާފައި ހޫނުޥީމާ ފިޔާ ، ހިކަނދިފަތް، ރާނބާފަތް، މިރުސް، މަސް، އަދި ލޮނުކޮޅު އަޅާފައި ހަނާވަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ބަތްކޮޅު އެއްކޮށްލާފައި އުނދުންމަތިން ބާލާށެވެ. 

ކިޔުންތެރިންގެ ހިޔާލު