އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

4 months ago

އިބްރާހިމް ޢަލީ


މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަމާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައަޅަން ނިންމަވައިފިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އެންމެ އަވަހަށް އޮންނަ ދުވަހަކަށް ކުއްލި މައްސަލަ ހުށައަޅާނެކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިސްލާމްދީނަށް ޖޯކު ޖަހާ ފުރައްސާރަ ކުރުން ހުއްޓުވަން ޖެހޭކަމަށާ އެކަން ހުއްޓުވާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި ވަނީ "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގައި ކުރީގެ ރައީސް މައުމޫނާއި ދަޢުލަތުގެ ގިނަ ބަޔަކު ކުއްވެރި ކުރަމުން ދާއިރު އިބޫ ހަނުހުންނަވާ ކަމަށްބުނެ ގިނަ ބަޔަކު ޝޯޝަލްމީޑިޔާގައި ދަނީ ފާޑުކިޔަމުންނެވެ.

މިކަމުގެ ކަންބޮޑުވުން ބޮޑު މިންވަރު ޝޯޝަލްމީޑިޔާގައި ދައުރުވަމުންދާ މެސެޖުތަކަށް ބަލާލުމުން އެގި ހާމަވަމުން ދާއިރު އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގައި ފޮޓޯ ޢާއްމުކުރާ ފަރާތްތަކާއި ދޭތެރޭގައި ފިޔަވަޅު އަޅާނެކަމަށް ފުލުން ބުނަމުންދާ ބުނުމަކަށް ބަލާލުމެއްނެތި ކުރެވޭ ޕޯސްޓަތަކުން ރައްޔިތުން ގެ ލެޔާއި ގުޅިފައިވާ މިންވަރު ހާމަވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓް މަޖިލީހުގެ ބައެއް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް ހިމެނޭ ގޮތުން ދަނީ ކުއްވެރި ކުރަމުންނެވެ.

އެންޓި ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށައެޅުމުން މަޖިލީސް ޗުއްޓީގައި އޮތުމަށްފަހު އެބިލް ފާސްކުރުމަށް 3 ޖަލްސާއެއް ބާއްވައި އެބިލް ފާސްކުރުމަށްފަހު މިވަގުތު އަނެއްކާވެސް އޮތީ މަޖިލީސް އޮތީ ޗުއްޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު