އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އެމްޑީއެން އާއި ދެކޮޅަށް ދައުވާކުރަން ޖެހޭ – އަދާލަތު ޕާޓީ

4 months ago

އިބްރާހިމް ޢަލީ


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައި ވާތީ އެކަން ބަލައި ދައުވާކުރަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ބުނީ އެ ރިޕޯޓާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފައިވާތީ ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއްކަމަށެވެ.

އަދާލަތުގެ ބަޔާނުގައި ބުނެފައިވަނީ:

"ދީނީ އިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާ މެދު ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި މި ޕާޓީން ދެކެމެވެ.،"

އެމްޑީއެންގެ އަމަލު ކުށްވެރިކޮށް، އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ އެ ޖަމިއްޔާގެ އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަމާއި އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމުގައެވެ.

އަދާލަތު ޕާޓީން ބުނީ އެ ރިޕޯޓާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފައިވާތީ ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއްކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންގެ އިދާރާއަށްވެސް ހުށަހަޅާފައެވެ.

އަދާލަތުންގެ ބަޔާނުގައިވަނީ ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަމަލުތައް ހިންގުންފަދަ ކަންކަން ނުކުރުމަށްވެސް ގޮވާލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު