އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އަދީބުގެ މައްޗަށް 7 ދަޢުވާއެއް އުފުލަން ފޮނުވައިފި

4 months ago

އިބްރާހިމް ޢަލީ

އަދީބުގެ މައްޗަށް ހަތް ދަޢުވާ އުފުލުމަށް މިއަދު ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަދީބުގެ މައްޗަށް ހަތް ދަޢުވާ އެއް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން ކަމަށެވެ. 

ދާދިފަހުން އަދީބު ފިލައިގެން އިންޑިޔާއަށް އެތެރެވާން އުޅެނިކޮށް ވަނީ އަތުލައިގެންފައެވެ.

"ވާގޯ 9" ނަމަކަށް ކިޔާ ޓަގުބޯޓެއްގައި ފިލަން އުޅެނިކޮށް އަދީބު އަތުލައިގެންފައި ވަނީ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށެވެ.

އިންޑިޔާއަށް ފިއްލަވައިގެން ޓަގުބޯޓުގައި އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށް، ދިވެހި ފުލުހުންނާ ހަވާލުކުރީ އިންޑިޔާގެ ހިމާޔަތަށް އަދީބު އެދިފައިވެސް ވަނިކޮށެވެ.

އަދީބުވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދެއްވާފަ އެވެ. ހެކި ބަސް ދެއްވަމުން ވެސް އަދީބު ވަނީ ރައީސް ޔާމީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އޭނާ ވެސް ބައިވެރިވެފައިވާ ކަމަށް އެއްބަސްވެ އެކަމުގެ ސަބަބުން އަންނާނެ ހުކުމްތަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު