އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

9 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

8 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

8 months ago

ވާހަކަ

މަސައްކަތްތެރި ކަމުގައި ނަމޫނާ ދައްކަވާ! - ހުކުރު ޚުތުބާ

2 weeks ago

އިބްރާހިމް ފައުޒީ

އިސްލާމީ ޙަޟާރަތް ކުރިއަރާ ދިޔައީ މުސްލިމުން މަސައްކަތުގެ މައިދާނުގައި ޙަރަކާތްތެރި ވުމުގެ ނަތީޖާއެއް ގޮތުން ކަމަށާއި އިސްލާމުން ބިނާކުރި ކިއްލާތަކާއި ބޮޑެތި ބިނާތަކަކީ މިއަދު ވެސް މަސައްކަތްތެރިކަމުގެ ނަމޫނާ ތަކެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

އަދި ދިވެހި ކާބަފައިންނަކީވެސް މަސައްކަތް ކުރުމުގައި އިސްލާމީ އުޞޫލުގެ މަތީން ކަމަށް ކަމޭހިތައި އެކަމެއް ވީ އެންމެ ފުރިހަމައަށް ކުރި ބައެއް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން މާލޭގެ ހުކުރު މިސްކިތާއި ޢީދު މިސްކިތާއި ދިވެހި ޘަޤާފީ ތަރިކައެއް ކަމުގައިވާ މަޝްހޫރު ކަޅުވަކަރު މިސްކިތުން ފެނިގެން ދާކަމަށް ވިދާޅުވިއެވެ. އަދި މިނޫނަސް ރަށްރަށުގައި ބިނާކޮށްފައިވާ ބައެއް މިސްކިތް އެމިސްކިތްތަކުގައި ލިޔެލާޖަހައި ލާފެން ކޮށްފައިވާ މަސައްކަތްތަކުން ހާމަވާ ކަމަށް ވިދާޅު ވިއެވެ.

އަދި ކީރިތި ރަސޫލާގެ ޙަދީޘުން ދަލީލުނަންގަވާ މަސައްކަތުގެ މާޙައުލުގައި ހިތާމަވެރި ކަންކަމުން ރައްކާތެރިވެ ތިބުމަށް ބާރު އެޅުއްވިއެވެ. އަދި ދާދި ފަހުން ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިޘާގައި ޝަހީދުވި އުޚުތާއަށް ހެޔޮރަހުމަތް ލެއްވުމަށް އެދި މިއަދުގެ ޚުތުބާގައި ދުޢާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު