އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

9 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

8 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

8 months ago

ވާހަކަ

ހަމަޖެހުން އޮތީ ފަލަސްތީނު ދައުލަތް އުފެދުމުން - ރައީސް

3 weeks ago

އިބްރާހިމް ޢަލީ

މެދުއިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމަ އެކަނި ގޮތަކީ ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމްކޮށްދިނުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގެ މައްސަލަޔަށް ދާއިމީ ސުލްހަ ގެނެވޭނީ އިޒްރޭލާއި އަރަބި ގައުމުތަކާ މެދު އިހުލާސްތެރިކަމާ އެކު މާނަހުރި މަޝްވަރާތަކެއް ކޮށްގެން ހޯދާ ދެ ދައުލަތް އޮންނަ ހައްލެއް ހޯދައިގެން ކަމަށް،"

އަދި މިއީ ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ދެއްވި ފުރަތަމަ ފަހަރެވެ.

އދ. ގައި އެންމެ ފަހުން ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު