އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މަޖިލީހުގެ ރައީސަކީވެސް ޓެރަރިސްޓެއް – ބޯދިގު

4 months ago

އިބްރާހިމް ޢަލީ


އެންޓި ޓެރަރިޒަމް ޤާނޫނަށް ބަހުސްކުރައްވަމުން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ބޯދިގު ވިދާޅުވީ އެންޓި ޓެރަރިޒަމް ޤާނޫނަކީ މުހިއްމު ޤާނޫނެއްކަމަށާއި އެހެންނަމަވެސް ކުރިންވެސް މިޤާނޫނު ބޭނުންކޮށްފައިވަނީ ނާޖާއިޒް ގޮތުގައިކަމަށެވެ.

ވާހަކަފުޅު ފައްޓަވަމުން އެންމެ ފުރަތަމަވެސް އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ބޯދިގު ވިދާޅުވީ "ހޯމްމިނިސްޓަރަކީވެސް ޓެރަރިސްޓެއް އަދި މަޖިލީހުގެ ރައީސަކީވެސް ޓެރަރިސްޓެއް"

މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ބޯދިގު އިތުރަށް ވިދާޅުވީ މިކަން މިހެން ނުވާނެ ގޮތަކަށް ބިލް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

މިބިލަށް ތާއީދުކޮށް އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވަމުންދާއިރު ޕީޕީއެމް މެންބަރުން ދަނީ މިބިލަށް ދެކޮޅު ހައްދަވާ ވާހަކަފުޅު ދައްކަވަމުންނެވެ. ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު ޝިޔާމް ވިދާޅުވީ ކުރިންނުކުރެވޭ ވަކިކަމެއް މިބިލުގައި ނެއްކަމަށެވެ.

އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ މަޖިލީސް ޗުއްޓީގައި އޮށްވާ މިބިލް މަޖިލީހަށް ވެއްދުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެން ހުންނެވި އިރު މަޖިލީހުގެ ރައީސް ލަންޑަނުގައި ހުންނަވައިގެން މިކަން ނުވާނެކަމަށެވެ. އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ހާޟިރީ ދައްކަމަށް ފާހަގަ ކުރެވޭކަމަށާއި އެޖެންޑާ ނަވާރަ އޮޅިއްޖެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވާހަކަފުޅު ހުއްޓާލެއްވީ ކައިރީގައި އިންނެވި މެންބަރު އަޑުގަދަ ކުރާތީ ކެއްނުކުރެވިގެން ކަމަށް ވިދާޅުވެއެވެ.

ނައިފަރު ދާއިރާގެ މެންބަރުގެ ވާހަކައަށް ރައްދުދެއްވައި އެމްޑީޕީގެ މަޖިލީސް މެންބަރު ހަސަން ލަތީފު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ބޭރަށް ވަޑައިގެންނެވީ ހުރިހާކަމެއް ބައްލަވައި އެކަންކަން ބަލަށް ބައެއް ފަރާތްތަކާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު