އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

8 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

8 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

7 months ago

ވާހަކަ

ކޮޅީގެ އަސަރު ނައިފަރަށް

3 weeks ago

ހުސެއިން އަރުބާން ފައްވާޒް

ކޮޅީގެ އަސަރު ނައިފަރަށް ފޯރާއިފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަކަށް ވައި ގަދަވެ އޭގެ އަސަރު ފޯރަމުން ދާ ދުވަސްވަރެކެވެ. މިގޮތުން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ޅ.ނައިފަރުގެ އުތުރުގެ ސިނާއީ ސަރަހައްދުގައިވާ ގުދަނެއްގެ ފުރާޅުވެސްވަނީ ވިއްސާލާފައެވެ. ފުރާޅު އެއްކޮށް ވިއްސާލާފައި ވާއިރު މި ސަރަހައްދުގައި އާންމުންގެ އިތުރުން ޕޮލިހުންވެސް ހަރަކާތްތެރިވަމުން ދާކަމަށް އެރަށުގެ ރަށުގެ ބޭފުޅަކުވަނީ ތޫރާގެ އޮފިޝަލަކަށް މައުލޫމާތު ދީފައެވެ. ޅ.ނައިފަރުގެ މޫސުމަށް ބަލާލާއިރު އުޑުމަތި އޮތީ ބަނަކޮށެވެ. ހަމައެޔާއެކު ގަޑީޔަކު 35 މޭލު ބާރު މިނެއްގައި ހުޅަނގު ދެކުނުން ވައިޖެހޭކަމަށްވެސް ރިޕޯޓް ކުރެވިފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ނައިފަރު ޕޮލިސް ސްޓޭޝަންގެ ބޭފުޅަކު ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

އަތޮޅޭ

އަޅެ ފަހެ މިއީ ޚަބަރެއްތަ ނޫނީ ރިޕޯޓެއްތަ؟ ތަންކޮޅެއް ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކޮށްބަލަ. ހެޔޮނުވާނެ

1 week ago