އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރައީސް ޔާމީންގެ އޯޑަރަށް ޤާނޫނާއި ޚިލާފަށް ކަންކަން ކޮށްފައިވާނެ - އަދީބު

5 months ago

އިބްރާހިމް ފައުޒީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އޯޑަރަށް ޤާނޫނާއި ޚިލާފަށް ކަންކަން ކޮށްފައިވާނެ ކަމަށް އަދީބު އިޢުތިރާފުވެއްޖެއެވެ.  ރައީސް ޔާމީންގެ ޝަރީޢަތުގައި ކީރިތި ޤުރުއާނުގައި އަތްޕުޅު ބޭއްވުމަށްފަހު ހުވާކުރައްވައި ހެކިބަސްދެއްވަމުން އަދީބުވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އޯޑަރަށް ޤާނޫނާއި ޚިލާފަށް ކަންކަން ކޮށްފައިވާނެކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

"ރައީސް ޔާމީން އަންގައިގެން ނުވަތަ އޯޑަރަށް ގާނޫނާ ހިލާފު ކަންކަން ކުރެއްވީމޭތޯ ތިޔަ ވިދާޅުވަނީ، އެހެންތޯ ތިޔަ ވިދާޅުވަނީ،" ރައީސް ޔާމީން އެއްސެވި އެވެ. އަދީބުގެ ޖަވާބަކަށްވީ "އާދެ" ކަމަށެވެ. ރައީސް ޔާމީން ސުވާލު ދެތިން ފަހަރަށް ތަކުރާރު ކުރެއްވި އެވެ. އިއުތިރާފުވަނީތޯ ވެސް އެއްސެވި އެވެ. އަދީބު ޖަވާބަކަށްވީ "އާދެ އާދެ" ކަމަށެވެ.

ކެންޕެއިން ފައިސާވެސް ލިބުނު ކަމަށާއި އެހެންނަމަވެސް އެސްއޯއެފްއަށް ޖަމާކުރީ ޔާމީންގެ ވިދާޅުވުމަށް އެއްކުރި އެމްއެމްޕީއާރުސީގެ ފައިސާކަމަށް ވިދާޅުވިއެވެ.

"ކެމްޕެއިން ފައިސާއެއް އެސްއޯއެފްއަށް ނާދޭ، އެސްއޯއެފްގައި ހުންނާނީ އެމްއެމްޕީއަރްސީގެ ފައިސާ، ކެމްޕެއިން ފައިސާ ހުންނާނީ ޕީޕީއެމްގެ އެކައުންޓްގަ ނޫނީ ކެންޑިޑޭޓެއްގެ އަތުގައި، އެވެސް އިންތިހާބެއް ބޯމަތީގައި އޮތްނަމަ، ނޫންނަމަ ކެމްޕެއިން ފައިސާއެއް ނުހުންނާނެ، މިކަން ހިނގި 2015 ވަނަ އަހަރު އިންތިހާބެއް ނެތް، އެހެންވީއިރު މިލިއަނުން އެޑްވާންސްކޮށް ކެމްޕެއިން ފައިސާ ދީފައެއް ނުހުންނާނެ،" އަދީބު ވިދާޅުވި އެވެ.

އަދި ހެކިބަސްދެނީ އެއްވެސް ނުފޫޒެއްނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ނުފޫޒެއް ނެތް، އަމިއްލަ އިހްތިޔާރުގައި މި ހެކި ބަސް ދެނީ، އަޅުގަނޑު ވާނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ، އެއީ އަޅުގަނޑު އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ތިބި މީހުންނާއި މަންފާ ލިބުނު މީހުން ހާމަ ކުރަން ބޭނުންވާތީ، އޭގެ ސަބަބުން އިންޒާރުތައް ވެސް ލިބޭ، މި ހެކި ބަސް ދޭތީ ވެސް އިންޒާރުތައް އައި، ވިހަދީ ޖަލުގައި މަރާލާނެ ކަމަށް ވެސް އިންޒާރު ލިބޭ،" އަދީބު ވިދާޅުވި އެވެ. 

ރިއާސީލޯންޗްކޮޅުގައި ރޯކޮށްލިކަމަށް ތުހުމަތުކޮށް އަދީބު ހައްޔަރު ކުރިފަހުން ދެބޭފުޅުން ބައްދަލުވި ފުރަތަމަ ފަހަރު ދިޔައީ ހޫނުޒުވާބަކަށެވެ.


 

ކިޔުންތެރިންގެ ހިޔާލު