އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

8 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

8 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

7 months ago

ވާހަކަ

އިބޫ ޞާލިޙު ޢިލްމުވެރިންގެ ފަތުވާއަކަށް ބެލުމެއްނެތި ސްޕްރީމްކޯޓަށް އަންހެންފަނޑިޔާރުން ލަނީ

4 weeks ago

އިބްރާހިމް ފައުޒީ

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން ސްޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި މ.ކޮކާހަނދުވަރު އައިޝާ ސުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށްވެސް ހޮވިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ތެރެއިން އަންހެން ބޭފުޅުން ފަނޑިޔާރުކަމަށް އިސްކުރުމަށް ފާޅުގައި ދެކޮޅުހެއްވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ މީގެ އަހަރެއްގެ ކުރިން އަވަހާރަވެފައެވެ. ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވަނީ އަންހެން ބޭފުޅުން ފަނޑިޔާރުކަމަށް އިސްކުރުން ހުއްދަނުވާނެކަމަށް އިސްލާމީއުންމަތުގެ ޢިލްމުވެރިން އިއްތިފާޤުން އެއްބަސްވެފައިވާކަމެއްކަމަށެވެ. އަދި ރައީސް ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދިފައިވާއިރު އިސްލާމީ ފަތުވާދޭ މަޖިލީހުންވެސް ވަނީ މިކަމަށް ދެކޮޅު ހައްދަވާފައެއެވެ.

ކިޔުންތެރިންގެ ހިޔާލު