އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

ދިވެހި ވިޔަފާރިތަކުގެ މައްޗަށް ބިދޭސީން އަތްގަދަކުރުން

4 weeks ago

އިބްރާހިމް ނާޒިމް

ދިވެހިރާއްޖޭގައި ވަޒީފާއަދާކުރަން ނުވަތަ ކުރާނެ މަސައްކަތެއް ލިބޭތޯ އައިސްގެން އުޅޭ ބިދޭސީ މަސައްކަތު މީހުންގެ ސީދާ އަދަދު ސާފުނުވި ކަމުގައި ވިޔަސް ލަފާކުރެވެނީ ލައްކައަކަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން ރާއްޖޭގައި އުޅޭނެކަމުގައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބަނގުލަދޭޝްގެ ރައްޔިތުންނެވެ. ރާއްޖޭގައި އިންވެސްޓްކޮށްގެން ވިޔަފާރިކުރަން އަންނަ ބިދޭސީން މި ޤައުމުގެ އިޤްތިޞޯދަށް ކުރިއެރުން ގެނެސްދިން ކަމުގައި ވިޔަސް މަސައްކަތު އަންނަ ގިނަ ބިދޭސީންނަކީ އެބައިމީހުންގެ ފަރާތުން މި ޤައުމުގެ އިޤްތިޞޯދަށް މާބޮޑު ފައިދާއެއް ކޮށްދޭ ބައެއް ނޫނެވެ.


ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން ކޮންމެ މަހަކު މި ޤައުމުން އެތައް މިލިޔަން ޑޮލަރެއް ބޭރުވެގެންދެ އެވެ. ދިވެހި އިޤްތިޞޯދުގެ ތެރޭގައި ހިފެއްހެއްޓި މި ޤައުމުގެ ރައްޔިތުންގެ އަތްމަތީގައި ދައުރުވާންޖެހޭ ބޭރު ފައިސާތައް ބިދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވާލަނީ އެހާމެ ފަސޭހައިންނެވެ.


ވަޒީފާއަށް އަންނަ ނުވަތަ ގެންނަ ގިނަ ބިދޭސީންނަކީ ތަޢުލީމެއް ލިބިފައި ނެތުމުގެ އިތުރުން ލިޔަންކިޔަން ވެސް ދަންނަ ބައެއް ނޫނެވެ. މިފަދަ ބިދޭސީން ރާއްޖެ ގެންނަ ފަރާތްތަކުން އެމީހުން ގެންނަކީ ކުޑަ އުޖޫރައެއް ދީގެން މަޖޫރީ މަސައްކަތްތައް ކުރުވާށެވެ. ނަމަވެސް ދުވަސްކޮޅަކުން އެފަދަ މީހުން ފެންނަނީ އޭނާ އުޅޭތަނުގެ ޒިންމާދާރު ވެރިޔަކަށް ނުވަތަ އަމުރުވެރިއަކަށް ވެފައި ހުއްޓައެވެ. މިގޮތުން އެފަދަ ބިދޭސީން ފެންނަނީ ފިހާރަތަކާއި ސައިހޮޓާ، ރެސްޓޯރަންޓް އަދި ގެސްޓްހައުސް ފަދަ ތަންތަނުގެ އިސް މެނޭޖަރުންނަށް ވެފައި ތިބޭތަނެވެ. ޚިދުމަތްދޭން ހުންނަ އާދައިގެ ބިދޭސީއަކު ނުކިއްސަރު ކަމެއް ކުރިޔަސް އެކަމުގެ ޝަކުވާ އުފުލަންޖެހެނީ ވެސް އެމީހާގެ އެކުވެރި ކޮންމެވެސް އެހެން ބިދޭސީއެއްގެ ގާތުގައެވެ. މިހެންކަމުން ޚިދުމަތް ލިބިގަންނަ ދިވެހިންގެ ޝަކުވާގެ އަޑުއަހާނެ ބަޔަކު މިއަދަކު ނެތެވެ. މިސާލަކަށް ފްރައިޑް ނޫޑްލްސްއެއް ކާން ކެފޭއަކަށް ވަންނަ ކަސްޓަމަރއަކު ނޫޑުލްއަކަށް އޯޑަރު ދީގެން އިންނަތާ އިރުކޮޅެއް ފަހުން ވޭޓަރު އައިސް އޭނާގެ ކުރިމަތީގައި ފްރައިޑް ރައިސް ތައްޓެއް ގެނެސް އެބަ ބަހައްޓައެވެ. ބަހައްޓާފައި ބުނެލަނީ ނޫޑްލްސް ނެތީކަމަށެވެ. އެހެންކަމުން މި ވަގުތު ފްރައިޑް ރައިސް ކާށެވެ. ވަކި ބާވަތެއްގެ ކާއެއްޗެއް ނެތީމާ އެ ނެތް ވާހަކަ އައިސް ޚިދުމަތް ލިބިގަންނަ މީހާގާތު ބުނެލުމެއް ނޯވެ އެވެ. ދެން ގެންނާނެ ކާއެއްޗެއް ކަނޑައަޅާނީ ޚިދުމަތް ލިބިގަންނަ މީހާ ނޫން ހެއްޔެވެ؟ އޭގެ ބަދަލުގައި އެމީހުން ދޭ ކޮންމެ އެއްޗެއް ކައިގެން ތަނަށް ފައިސާ ދައްކާފައި ކަސްޓަމަރުވީ ނުކުމެގެން ދާށެވެ. ދެން މިފަދަ ކަންކަމުގެ ޝަކުވާ ވެސް އުފުލަން މިޖެހެނީ އެތާ ހުންނަ ކޮންމެވެސް އެހެން ބިދޭސީ މެނޭޖަރެއްގެ ގާތުގައެވެ. ބިދޭސީ މެނޭޖަރަށް ނުބައި ވަނީ ޚިދުމަތް ލިބިގަންނަ މީހާ އެވެ.


ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށްގެން ވިޔަފާރިތައް ހިންގަނީ ބިދޭސީންނެވެ. މިއީ ވެސް ބައެއް ދިވެހިން އަޑީގައި ތިބެގެން އަމިއްލަ ފައިދާއަށް ކުރަމުން އަންނަ ކަމެކެވެ. ބައެއް ކެފޭތަކުގައި މުޅަވެފައި ހުންނަ ކާބޯތަކެއްޗާއި ރަނގަޅު ކާތަކެތި އެއްކޮށްލައިގެން ދިވެހިންނަށް ކާންބޯންދީ ހަދަ އެވެ. ކުނިވަމުންދާ ރިހަތެލީގައި ހުންނަ މަސްތައް ދޮވެލާފައި އެ ތެއްލާލައިގެން ނުވަތަ ހޫނުފެނުން ކައްކާލައިގެން ހެދިކާ ހަދައެވެ. ކާބޯތަކެތި ތައްޔާރުކުރުމުގައި ޞިއްޙީގޮތުން ރައްކާތެރި މިންގަނޑަކީ ކޮބައިތޯ ބެލުމެއް ވެސް ނޯވެ އެވެ.


ދަނޑުވެރިކަމުގެ ބޭނުމަށް ދަނޑުތަކުގައި މަސައްކަތްކުރަން ގެންނަ ބިދޭސީން ވެސް ގަސްދުގައި ދަނޑުތައް ހަލާކުވާނެ ގޮތަށް އަމަލުކޮށްފައި ދެން ދުވަސްކޮޅަކުން އަންގަނީ ދަނޑުގޮވާމުގެ ބައިކުޅަބައި ދިނުމުން ނޫނީ މަސައްކަތް ނުކުރެވޭނެކަމަށެވެ. އެގޮތުން ދަނޑުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ދަނޑު ބަލަހައްޓާ ބިދޭސީ "ވެރި" މީހާއަށް ނުވަތަ މަސައްކަތްކުރާ ބިދޭސީންނަށް ދޭންޖެހެ އެވެ. އާދައިގެ މުސާރައަކަށް މަސައްކަތްކުރުމަކީ މިހާރު ތައުލީމާއި ތަމްރީނު ނެތް ބިދޭސީން ވެސް ޤަބޫލުކުރާކަމެއް ނޫނެވެ.


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޮޑު ބަޔަކަށް ބިދޭސީންގެ ކޮންޓްރޯލް ވަނީ ފެތުރިގެން ގޮސްފަ އެވެ. ކުރުގޮތަކަށް ބުނާނަމަ ތަމްރީނާ ހުނަރު ނެތް ބިދޭސީން ރާއްޖޭގެ ވިޔަފާރިތަކުގެ މައްޗަށް މިވަނީ އަތްގަދަކޮށްފަ އެވެ. އެމީހުންނާ ނުލާ ވަރަށް ގިނަ ވިޔަފާރިތައް މިއަދު މި ޤައުމުގައި ހުއްޓުމަކަށް އަންނާނެ އެވެ.


ކޮންމެ ޤައުމެއްގެ ވެސް ތަރައްޤީގެ ވަކި މަރުހަލާއެއްގައި ބޭރުން މަސައްކަތު މީހުން ގެނައުމަކީ އާންމުކޮށް ހިނގާކަމެކެވެ. ނަމަވެސް އެފަދައިން ބިދޭސީން ގެންގުޅޭ ޤައުމުތަކުގައި އެ ޤައުމުތަކުގެ އަސްލު ރައްޔިތުންގެ ބާރުވެރިކަން ނުގެއްލޭނެ ފަދަ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާފައި ހުރެ އެވެ. އަދި އެފަދަ ޤާނޫނީ ނިންމުންތައް ތަންފީޒުކުރަމުން ވެސް ދެއެވެ. މިހެންކަމުން ރާއްޖެއިން ވެސް އެފަދަ ޤައުމުތައް ނަމޫނާއަކަށް ބަލަންވީ ވަގުތު މިވަނީ އައިސްޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު