އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

11 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

10 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

10 months ago

ވާހަކަ

ސާނަވީ ތަޢުލީމު ނިންމި އެންމެ މޮޅު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ހަފްލާ ބާއްވަނީ

4 months ago

ހުސެއިން އަރުބާން ފައްވާޒް

2018 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ހަފްލާ، 12 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މިދިޔަ އަހަރު ސާނަވީ ތަޢުލީމު ނިންމާ ނުވަތަ އޯލެވެލް އިމްތިހާންގައި 5000އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވެފައިވެއެވެ.

މި އިމްތިހާނުގައި ބައިވެރިވި 405 ކުއްޖަކު ވަނީ ޓޮޕްޓެންގައި ހިމެނިފައިވާއިރު، މި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުން ސެޕްޓެމްބަރ 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން މަޢުލޫމާތު ދެއެވެ.

މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ޚާއްސަ ހަފްލާ މި ހިނގާ ޖުލައިމަހުގެ ނުވަ ވަނަ ދުވަހު ވަނީ ދަރުބާރު ގޭގައި ބާއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު