އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

މިނިވަން ކަމުގެ އަސްލު: ބޮޑުތަކުރުފާނުގެ ޖިހާދު

1 month ago

ހުސެއިން އަރުބާން ފައްވާޒް

ބޮޑުތަކުރުފާނުގެ ހިތްވަރުފުޅު ގަދަކަމާބެހޭގޮތުން ވާހަކަދައްކާއިރު އެމަނިކުފާނަށް ލިބިލައްވާފައިވާ ހުނަރުވެރިކަމަށް ބަލާލަންޖެހެއެވެ. އެމަނިކުފާނަކީ އެހެން ކުދީންނާ ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވި ޙިކުމަތްތެރި ބޭފުޅެކެވެ ޅަފުރާގައި ގިނަ ވަގުތު ހޭދަކުރެއްވީ ދޮންވެލި ތުނޑިމަތީގައި ދޫނި ހިއްޕަވަންކަމަށް ބުރާރު މުޙައްމަދު ފުޅު ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގާވެއެވެ. ކޮންމެ ދޫންޏެއް ހިފުމުން އެސޮރުގެ މޮޔަކަމާމެދު ވާހަކަފުޅުދައްކަވައި އަދިވެސް ހިއްޕަވާނަމޭ ވިދާޅުވެފައި ދޫކޮށްލައްވަޔެވެ. މީގެ އިތުރުން އެމަނިކުފާނު ބޭދާޅީން ކިޔާވިދާޅުވާން އުޅުއްވި ދުވަސްވަރު އަމާޒަށް ބަޑިޖައްސަވާކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ. މި ޙަރަކާތްތަށް ވިސްނާއިރު ވަރަށް މުހިއްމު ޙިކުމަތެއް ވާކަމާއި އަދި ކުޑައިރުން ފެށިގެންވެސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރުމުގައި ގެންގުޅުއްވި ހިތްވަރުގަދަކަން ހާމަވެގެންދާ ކަމެކެވެ.


16 ވަނަ ގަރުނު ޔޫރަޕްގެ ބޮޑުބާރަކަށްވި ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތި ކުރީ ބޮޑުތަކުރުފާނުގެ ޒުވާން ދުވަސްވަރެވެ. އެއީ ހިޖްރީސަނަތުން 1 ޝަޢްބާން 965 މީލާދީން 19 މެއި 1958އެވެ. ޕޯޗްގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ދިއުމާއެކު އެމީހުންގެ ވެރިޔާ އަނދިރި އަނދިރީންގެ ނުބައި ނުލަފާކަން އިންތިހާއަށްދިޔައެވެ. އަންހެނުންގެ އިތްފަތްފޭރި، އަނބިން ހުވަފަތް ކުރަމުން ދިޔައެވެ. ދިވެހީން ނަޞާރާ ދީނަށް ވެއްދުމަށް މަސައްކަތް ކުރިއެވެ. މިއަނިޔާވެރިކަމަށް މުޙައްމަދު ތަކުރުފާނަށް ކެތެއް ނުކުރެވުނެވެ. ކީއްވެގެންތޯ ހިތްޕުޅުގައިވާ ވަރުގަދަ ޤައުމީ ލޯބީގެ ސަބަބުންނެވެ އެންމެފަހުން ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތްކޮށް މިނިވަންކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ގަދަފަދަ އަސްކަރީ ބާރާ ކުރިމަތިލުމަށް ނިންމެވިއެވެ. އަދި އެމަނިކުފާނުގެ ޙިކުމަތު ޢަމަލީގައި ދުރުވިސްނުން ބޭނުންކުރައްވައިގެން މަސައްކަތް ފެއްޓެވިއެވެ. އަމިއްލަ ވަޒަނުގައި ބިކަ ވެފައިތިބި ނިކަމެތި ދިވެހިން މިނިވަން ކުރުމަށް މުޙައްމަދު ތަކުރުފާނު ނިކުންނެވުން ވެގެން ދިޔައީ އެމަނިކުފާނަކީ ހިތްވަރުގަދަ ބަޠަލެއްކަން ހާމަވާ ކަމެކެވެ.


އާދެ! ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން ތިބި ދުވަސްވަރު ބޮޑުތިލަދުންމަތީގެ އަތޮޅު ވާރަކަށް ހުރީ ވިޔަޒޯރުއެވެ. ޤައުމީ ޖިހާދަށް ނިކުންނެވުމަށްޓަކައި ބޮޑުތަކުރުފާނު ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ވިޔަޒޯރާ ގާތްކަން އުފައްދަވާ އޭނާގެ އިތުބާރު ހޯދުމެވެ. އެއަށްފަހު ވިޔަޒޯރުގެ މަދަދުވެސް ލިބޭގޮތުން "ޖިހާދުގެ އޮޑި" އާދެ! ކަޅުއޮއް ފުންމި ބެންނެވިއެވެ. އަޅުގަނޑު ދަންނަވާނީ މިކަމުގައިވެސް އެމަނިކުފާނުގެ ހިތްވަރު ގަދަކަން ހާމަކަމުގައެވެ. ސިއްރިޔާތުގައި ޖިހާދުގެ ރޭވުންތައް އުތީމުގައި ރާވަމުންދިޔައީ ކެރޭ ހިތްވަރުގެ ސަބަބުންނެވެ. އެންމެފަހުން އުތީމު ކަނދުވަލު މިސްކިތުގައި ފަތިސްނަމާދުކުރައްވައި ފަތަޙައަށް އެދިވަޑައިގެން 2 ރަކުޢަތުގެ ނަމާދެއްކުރައްވިއެވެ. އަދި ކާމިޔާބު ލިބުމުން ނޫނީ ޖިހާދުގެ މަސައްކަތް ހުއްޓަވާ ނުލުމަށް "ޖިހާދުގެ ލަޝްކަރުން" އެއްބަސްވިއެވެ. އާދެ! އުތީމު ތިންބެއިންނާއި ދެހާޖީންގެ އިތުރުން ނޮޅިވަރަމްފަރު އެދުރު ކަލޭފާނާއި ދުވާފަރު ދަންޑަހެލުވެސް މި ޖިހާދުގައި ބައިވެރިވީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މުޙައްމަދު ތަކުރުފާނުގެ ކިބައިން ފެންނަމުން ދިޔަ ހިތްވަރު ގަދަ ކަމުގެ ސަބަބުންނެވެ


ޕޯޗްގީޒުންނާއި ދެކޮޅަށް މުޙައްމަދު ތަކުރުފާނު ކުރެއްވި ޖިހާދުގައި ގޯވާއިން ބައެއް ހަތިޔާރު ގެންނެވާ ޢާއިލާގެ ބޭފުޅުން މަލިކަށް ބަދަލުކުރެއްވިއެވެ. މިކަމުގައި ކޮއްކޯފުޅު ޢަލީ ތަކުރުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިގޮތުން މުޙައްމަދު ތަކުރުފާނުގެ ލަޝްކަރު ހެއްދެވި ގޮތަކީ ރޭގަނޑުގެ ކަނު އަނދިރީގާ ރާއްޖޭގެ ރަށްރަށަށް އަރާވަޑައިގެން، އެ ރަށް ރަށުގައި ތިބި ޕޯޗްގީޒުން މަރުއްވާ، ފަތިސްވުމުން ރާއްޖޭގެ ސަރަޙައްދުން ބޭރަށް ނިކުމެ ވަޑައިގަންނަވަނީއެވެ. މިހެން އުޅުއްވުމުގެތެރޭ ހއ. ތަކަންދޫއަށް އެރި ރެއެއްގައި ޕޯޗްގީޒުންގެ އަތްދަށުވެ، ޢަލީ ތަކުރުފާނު ޝަހީދުވިއެވެ. ނަމަވެސް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރަން މުޙައްމަދުގެފާނު ކުރައްވަމުންދާ މަސައްކަތަށް އެއްވެސް އުނިކަމެއް އަޔަކު ނުދެއްވައެވެ. މިއިން އެނގެނީ މުޙައްމަދު ތަކުރުފާނަކީ ހިތްވަރުގަދަ ބަޠަލެއްކަމެވެ.


މިއަދު އަޅުގަނޑުމެން ފާހަގަ މިކުރާ ޤައުމީ ދުވަހަކީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ޤައުމު މިނިވަންކުރެއްވުމަށް ހިތްވަރާއެކު ކުރެއްވި ޖިހާދުން ނަސްރާއި ފަތަޙަ ލިބުނު ދުވަހެވެ. ބޮޑުތަކުރުފާނާއި، އެމަނިކުފާނާއެކު ޖިހާދުކުރެއްވި ބޭފުޅުންނަކީ ހިތްވަރުގަދަ ޤައުމީ އަބްޠާލުން* ބަޠަލުން* އެހެންކަމުން މުޙައްމަދު ތަކުރުފާނުގެ ޒިކުރާ އާކުރަންޖެހެއެވެ. އެމަނިކުފާނުގެ ހިތްވަރުން ހިތްވަރު ލިބިގަންނަން ޖެހެއެވެ.

"އޮތީ ގައުމީ ދުވަސްކަމުގާ ބަލައިގެންފައެ ދުވަސް ގައުމުން


އުތީމު މަހާރަދުންނަށަ ސާބަހާ ޝުކުރާ އަރިސްކުރެއޭ "

ކިޔުންތެރިންގެ ހިޔާލު

މަ ބިޢްލާ ހުވާ

މޭން އެކޭ

1 month ago