އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

ފަރުތައް ހިމާޔަތް ކުރުމުގެ މުހިންމުކަން

1 month ago

ހުސެއިން އަރުބާން ފައްވާޒް

ކަނޑުގައިވާ ދިރުމުގެ ހަތަރު ބައިކުޅައެއްބައި ދިރިއުޅޭ ގެދޮރަކީ ފަރުތަކެވެ. ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށްދޭ އައްޑަނައަކީ ވެސް ފަރުތަކެވެ. މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ބިނާވެފައިވާ މުހިންމު ބަހާއަކީ ވެސް ފަރުތަކެވެ. ފަރުތަކަކީ މިހާ މުހިންމު ތަނަކަށްވާއިރު ފަރުތަކަކީ ރައްކާތެރިކަން ދެވިފައިވާ ތަނަކަށް ވާންޖެހެއެވެ. އަޅުގަނޑުމެންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ފަރުތައްވާފަދައިން ފަރުތަކުގެ ހިމާޔަތުގައި އަޅުގަނޑުމެން ތިބެންޖެހެއެވެ.


ފަރުތަކަކީ، 2004 ވަނައަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ހާދިސާފަދަ ހާދިސާތަކާއި އުދައެރުން ފަދަ ކަންކަމުން ރަށްތައް ސަލާމަތް ކޮށްދޭ މުހިންމު އަސާސެވެ. ބާރު ސްޕީޑެއްގައި އަންނަ ބިޔަ ރާޅުތައް ފަރުތަކުގައި ޖެހުމުން ރާޅުގެ އޮއިވަރުގެ 97 ޕަސެންޓު ބާރުމިން ދަށްކޮށްލައެވެ. ދަ ނޭޗަރ ކޮންސަރވެންސީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި 200 މިލިއަނަށް ވުރެ ގިނަ މީހުންނަށް، ފަރުތަކުގެ ސަބަބުން އެމީހުންގެ ގޯތިގެދޮރަށް ލިބޭ ގެއްލުންތައް ކުޑަވެގެންދެއެވެ. ހަމައެހެންމެ ފަރުތައްނެތުމުގެ ސަބަބުން އެމީހުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައް ލިބޭކަމަށްވެސްވެއެވެ. އެހެންކަމުން ފަރުތަކުގެ ސަބަބުން އުދައެރުމާއި ސުނާމީ ކާރިސާފަދަ ކަނޑުގެ ރާޅުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން ސަލާމަތް ކޮށްދޭތީ ފަރުތައް ހިމާޔާތް ކުރުމަކީ މުހިންމު ކަމެކެވެ.


ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ރަންބިސް އަޅާ ކުކުޅުޅެވެ. ފަތުރުވެރިން ހާމަކުރާ ގޮތުގާ ދިވެހިރާއްޖެއަކީ "ދުނިޔެމަތީގެ ސުވަރުގެ" ނުވަތަ "ދަ ސަނީ ސައިޑް އޮފް ލައިފް"އެވެ. ތިޔަ ބޭފުޅުންނަށްވެސް އެގިލައްވާނޭ ފަދައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަނީ ރާއްޖޭގެ ގުދުތަރީ ރީތިކަން ދެކިލާށެވެ. މިގޮތުން މޫދާ ވިލުގެ ޗާލުކަމަށް ބޯދޭ ފަރާތްތައް އިތުރުވަމުންދަނީ ފަރުތަކުގެ ޤުދުރަތީ ބަގީޗާގެ ސަބަބުންނެވެ. އެ ބަގީޗާއިން ހިތް އުފާކޮށް ލޮލަށް ފިނިކަން ގެނެވޭނީ ބަގީޗާ މަރުނުވެ ދެމި އޮވެގެންނެވެ. އެހެންކަމުން މި ޗާލު ފަރުތަކާއި ވިލުތައް ނެތިއްޖެނަމަ ވާނީ ކިހިނެއްތޯއެވެ؟ އެއްވެސް ބޭފުޅަކު މިކަމާމެދު ފުންކޮށް ވިސްނާ ލެއްވީންތޯއެވެ؟ މިކަންކަމާމެދު ވިސްނާލުމުން ކަންބޮޑުވަނީ ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ބިސް އެޅުން ހުއްޓާލާފާނެތީއެވެ. މި ސަބަބައްޓަކާ ވެސް އަޅުގަނޑުމެން ފަރުތައް ހިމާޔާތް ކުރަންޖެހެއެވެ. އެއީ ފަރުތަކުގެ ސަބަބުން ފަތުރުވެރިކަން ކުރި އަރާ ފުޅާވަމުން ދާތީއެވެ.


ފަރުތަކަކީ ކަނޑުގައިވާ ދިރުމުގެ 4 ބައިކުޅަ އެއްބައި ދިތިއުޅޭ ގޯއްޗެވެ. ފަރުތަކުގެ ސަބަބުން މަސްވެރިކަމަށް ގިނަ ފައިދާތައް ލިބެގެން ދެއެވެ. މަސްވެރިންނަށް މަސްބޭނުމުގައި އެންހިފުންފަދަ އެތަކެއް ފަސޭހަތަކެއް ލިބެއެވެ. މީގެ އިތުރުން ފަރުތަކުގެ ސަބަބުން އަޅުގަނޑުމުންގެ ތެރޭގައި އާންމުވެފައިފާ އެންމެ ނުރައްކާތެރި ބަލިތަކަށްވެސް ފަރުވާ ލިބިގެންވެސް ދެއެވެ. މިގޮތުން ފަރުތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ފަރުތައް ބޭނުންކުރާ ސެކޯސްޓެރޮއިޑްސްއަކީ ހަށިގަނޑުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއްކަމަށްވާ ، އާރްތްރައިޓިސް އަދި ތަފާތު ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ ބޭސްތައް ހެދުމަށް ފަރުތަކުން ލިބޭ މާއްދާތަކުގެ ބޭނުންކުރަމުން ގެންދެއެވެ. ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ގިނަ ބަލިތަކަށް ފަރުތަކުން ފަރުވާލިބެއެވެ. އެހެންކަމުން ފަރުތަކުގެ ސަބަބުން ކާނާލިބުމާއި އެތައް ބަލިތަކަށް ފަރުވާލިބޭތީ އަޅުގަނޑު މި ދަންނަވާލަނީ ފަރުތައް ހިމާޔާތް ކުރަންޖެހުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގައެވެ.


ފަރުތަކަކީ އޭގެ ސަބަބުން އުދައެރުން އަދި ސުނާމީ އެރުން ފަދަ ކާރިސާތަކުން އަޅުގަނޑުމެން ދުރުކޮށްދޭ ކަމެކެވެ. އަދި ހަމައެޔާއެކު ފަތުރުވެރިކަން ކުރިއަރުވުމާއި ކާނާލިބުން އަދި އެތައް ބަލިތަކަށް ފަރުތަކުން ފަރުވާލިބޭތީ ވެސް ފަރުތައް ހިމާޔާކުރަންޖެހެއެވެ. ފަރުތަކަށް ލިބޭ ގެއްލުމަކީ މުސްތަޤްބަލަށް ހުރި ބޮޑު ބިރެކެވެ. އެހެންވީމާ ފަރުތަކުގެ ޙިމާޔަތަށް ޓަކައި އަޅުގަނޑުމެން ދެކޭގޮތް ބަދަލުކޮށްގެން ފަރުތަކާއި ފަރުތަކުގެ ދިރުން ޙިމާޔަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް ކަމަށް ގަބޫލުކޮށް އަދި ފަރުތަކަކީ އަޅުގަނޑުމެން ދިރިއުޅޭ ރަށްތަކުގެ ޙިމާޔަތްކަން ޤަބޫލްކުރަންވާށެވެ.

ކިޔުންތެރިންގެ ހިޔާލު