އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

ދިވެހި ސަގާފީ ކުޅިވަރުތައް ދެމެހެއްޓުމުގެ މުހިންމުކަން.

1 month ago

ހުސެއިން އަރުބާން ފައްވާޒް

ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން ކުޅެމުންދާ ސަޤާފީ ރީތި ކުޅިވަރުތަކެއް ދިވެހިންގެ ތެރޭގައި އެބަހުރިއެވެ. މި ކުޅިވަރުތަކަކީ މިހާރުގެ ކުދިން ދަންނަ ފަރިތަ ކުޅިވަރުތަކަށް ނުވެ ހިނގައިދާނެއެވެ. އެއީ ދުނިޔެ ބަވަނަވުމުގެ ތެރެއިން ރޭރުވި ބޭރުގެ ގޮތްތަކަށް ދީލާލެވުމުގެ ނަތީޖާއެވެ. އެހެންކަމުން ސަގާފީކަންކަމާއި ކުޅިވަރުތައް ދިރުވުމާއި އާލާކުރުމަކީ ޒަމާނަށް އައިބަދަލާއެކު އަޅުގަނޑުމެން ކުރަންޖެހިފައިވާކަމެކެވެ.


ދިވެހިންގެ ތެރޭގައި އޮތް ސަގާފީ ރީތި ކުޅިވަރުތަކުން ހާމަކޮށްދޭ މައިގަނޑު އެއްކަމަކީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އަޅުގަނޑު މިހެން ދަންދަވާލުމުން ތިޔަ ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގެންފާނެ، ކިހިނެއްތޯ ކުޅިވަރުތަކުން އެއްބައިވަންތަކަން ހާމަވަނީ؟ އާދެ! އަޅުގަނޑުމެންގެ ތެރޭގައި ކުޅެމުން އަންނަ ބައްޓަކީ ވަރަށް ފޯރިގަދަ ކުޅިވަރެކެވެ. މިކުޅިވަރު ކުޅުމަށްޓަކައި މުބާރާތުގައި އެއް ރަށުން އަނެއްރަށަށް އެއް އަތޮޅު އަނެއް އަތޮޅަށް ދަތުރުކުރެއެވެ. މިގޮތުން ރަށްރަށުގެ ކުޅިވަރު ކުޅުންތެރިން ބައްދަލުވެއެވެ. އަރާފަންޏާ، ދުފާމަލާފަތް ދީހަދާ. އަދި މުބާރާތް ކުރިއަށް ދާއިރުވެސް އެކުވެރިކަން ބަދަހިވެގެންދެއެވެ. އަދި މުބާރާތައް ފަހުގައިވެސް އެއްރަށު މީހުން އަނެއް ރަށުމީހުންނަށް ދައުވަތު އަރުވާކަމުންވެސް އާލާވަނީ ދިވެހިންގެ އެއްބައިވަންތަކަމެވެ. މީގެއިތުރުން ތާރަޖެހުމާއި ދަފިނެގުންފަދަ ކުޅިވަރުތަކަކީ ވަރަށް ގިނަމީހުން ބައިވެރިވެގެން ކުޅެވޭ ރީތި ސަޤާފީ ކުޅިވަރުތަކެވެ. މިގޮތުން ކުޅިވަރުތަކުގައި ބައިވެރިވާ ބައިވެރިންގެ މެދުގައިވެސް އެއްބައިވަންތަކަން އާލާވެގެންދެއެވެ. އެހެންކަމުން ސަގާފީ މިފަދަ ކުޅިވަރުތަކުން ދިވެހިންގެ އެއްބައިވަންތަކަން އާލާކޮށްދޭތީ މިކުޅިވަރުތައް ދަމަހައްޓަންޖެހެއެވެ.


އަޅުގަނޑުމެން ދިވެހިންނަކީ އަމިއްލަ ވަންތަ ބައެއްކެވެ. މިކަން ހާމަކޮށްދޭ އެއްކަމަކީ ދިވެހި ކުޅިވަރުތަކުންނާއި ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސާމާނުންނެވެ. މިސާލަކަށް ބަނޑިޔާ ޖަހާ އަންހެންކުދިންނާއި ލަނގެރި ޖަހާ ފިރިހެން ކުދިން ލައިގެން ތިބޭ ހެދުމާއި ބޭނުންކުރާ ގިގުންޏާއި ރަވާފަދަ ސާމާނުގެ އިތުރުން ކިޔާލަވަތަކުން ދިވެހިންގެ އަމިއްލަވަންތަކަން ވަރަށް ބޮޑަށް ދައްކުވައިދެއެވެ. މީގެއިތުރުން މިފަދަ ޙަރަކާތްތަކުގައި ފައިހަމަކުރާފައިހަމަކުރުމުންވެސް ދިވެހިންގެ އަމިއްލަވަންތަކަން ހާމަކޮށްދެއެވެ. އާދެ! ގައުމު ގައުމަކަށްވުމަށް އެގައުމެއްގެ އަހުލުވެރިން އަމިއްލަ ވަންތަ ބަޔަކަށް ވާންޖެހެއެވެ. ކަންމިހެން ހުރުމާއެކު ދިވެހިޤައުމު ޤައުމަކަށް ހެދުމަށްޓަކައި ދިވެހިންގެ ތެރޭގައި އޮތް ސަގާފީ ރީތި ކުޅިވަރުތައް ދެމެހެއްޓުމުގެ މުހިންމެވެ. މިއީވެސް މިކުޅިވަރުތައް ދަމަހައްޓަންވީ މައިގަނޑު އެއް ސަބަބުއެވެ.


ދިވެހިންގެ ތެރޭގައި ހުރި ސަގާފީ ކުޅިވަރުތަކަކީ ހުނަރުން ފުރިގެންވާ ހަރަކާތްތަކެވެ. ފެންނަންހުރި ކަންތައްތަކެވެ. ރޭވުންތެރިކަމާއި ތާރީޚް ފެނިގެންދާ ކަންކަމާއި އަމިއްލަ އުފެއްދުންތެރިކަން ފެންނަ ސަގާފީ ކުޅިވަރުތައްވެސް ބައިވަރެވެ. ނެތެމުންދާ ސަގާފީ ކުޅިވަރުތައް ދިރުވުމަކީ ކުރަންވެއްޖެ ކަމެކެވެ. އަންނަން އޮތް ޖީލަށް މިކުޅިވަރުތައް ފޯރުކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން ބޮޑުބެރު ޖަހާއިރު، އެއްބަޔަކު ރާގާއެއްވަރަށް ބެރުޖަހަމުންދާއިރު، އަނެއްބަޔަކު ފުނަޖަހަމުންދާލެއް ކިހާ ހިތްގައިމުތޯއެވެ؟ މީގެއިތުރުން ބެރާއެއްވަރަށް ލަވަ ކިޔަމުންދާއިރު އެލަވަޔާ އެއްވަރަށް ފައިހަމަކުރަމުންދާ ދިއުމުން ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. މިއީ، އޭޝިޔާގެ ޤައުމުތަކުގެތެރެއިން ނެށުމަށް އެންމެ މަޝްހޫރު އިންޑިޔާ މީހުންނަށްވެސް އެހާ ފަސޭހަ ކަމެއްނޫނެވެ. މީގެއިތުރުން ބޮޑުމަސް ވިޔުމާއި ކޯޑި ހެދުމަކީވެސް ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. މިކަންކަން ކުރަނީ އެއްވެސް ހާލެއްގައި މެޝިނަރީއަކުން ނޫނެވެ. ހަމަ ދިވެހި ދަރިންގެ އަތުނެވެ. އެހެންކަމުން މިފަދަ ކުޅިވަރުތަކުން ދިވެހިންގެ ހުނަރުވެރިކަމާއި ތާރީޚް ދައްކުވައިދޭތީ މިކުޅިވަރުތައް ދިރުވަން އެނބަޖެހެއެވެ.


ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތުޞާދުގެ މާތް ލޭނާރެވެ. ރަންބިސް އަޅާކުކުޅެވެ. އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާކޮށްފައިވަނީ ގުދުރަތީ ރީތިކަމަށެވެ. މިކަންމިގޮތަށް މާގިނަދުވަހު އޮންނާނެކަމަށް ބަލައިގެން ނުވާނެއެވެ. މުސްކުޅިންގެ ހަރުބަހެއްގައިވެސް އޮންނަ ފަދައިން ދުނިޔެ ހިނގަނީ ދިވެހި ހަރުބަހެއްގައި ބުނާފަދައިން "ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ". މިއީ ވަރަށްވެސް ތެދުފުޅެއް! އެހެންނޫންތޯއެވެ؟ ކަންމިހެ ހުރުމާއެކު އަޅުގަނޑުމެންގެ ފަތުރުވެރިކަން "ގުދުރަތީ ރީތިކަމަށް ބަރޯސާވެގެން ތިބެވޭކަށް ނެތެވެ. އެއީ، އަޅުގަނޑުމެންގެ އަމިއްލައަތުން އަޅުގަނޑުމެންގެ ގުދުރަތީ ރީތިކަން ނެތިކުރާތީއެވެ. ކަންމިހެން ހުރުމާއެކު ފަތުރުވެރިކަން ފުޅާކުރަންވެއްޖެއެވެ. ފަތުރުވެރިންނަށް އަމާޒުކޮށްގެން ސަގާފީކުޅިވަރުތައް ކުޅެވެއްޖެއެވެ. ވަރަށް ގިނަ ފަތުރުވެރިން ބޭނުންވޭ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ބަލާލަން، އެމީހުން އަންނަނީ ހަމައެކަނި ރާއްޖޭގެ ރީތިކަން ދެކެލާކަށް ނޫނެވެ. އޭގެ އިތުރުން ސަގާފަތަކީވެސް ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން ފަތުރު ވެރިކަން ކުރިއަރުވުމަށްޓަކައި ސަގާފީކުޅިވަރުތައް ދިރުވުމަށް ގައުމީފެންވަރުގައި މަސައްކަތްތަކެއް ފެށަށް ވެއްޖެއެވެ. ފަތުރުވެރިންނަށް އިޝްތިހާރު ކޮށްގެން ރާއްޖޭގެ ސަގާފީ ކުޅިވަރުގެ އީދެއް ބޭއްވުމަކީ އެކަމުން ދިވެހިން އިތުރަށް އިޝްތިހާރުވެ ދިވެހިންގެ އެކުވެރިކަމާއި ގުޅުންތެރިކަން އިތުރަށް ހާމަވެގެންދާނެ ކަމެކެވެ. އަދި އިގްތިސާދީ ފައިދާ ސަގާފީ ކުޅިވަރުތަކުންވެސް ނެގިދާނެ ކަންކަމެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި އޮތް ސަގާފީ ރީތި ކުޅިވަރުތައް ދެމެހެއްޓުމުގެ މުހިންމެވެ.


ސަގާފީ ކުޅިވަރުތައް ދެމެހެއްޓުމުގެ މައިގަނޑު އެއްބޭނުމަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ސަގާފީ ރީތި ކުޅިވަރުތަކުން އާލާވެގެންދާތީއެވެ. ހަމައެއާއެކު އަޅުގަނޑުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓައިވެސް މިކުޅިވަރުތައް ދެމެހެއްޓުން މުހިންމުކަމަށްވާތީއެވެ. މީގެއިތުރުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމުގެ އިތުރުން އަޅުގަނޑުމެންގެ އިގްތިސާދު ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައިވެސް ދިވެހިންގެ ތެރޭގައި އޮތް ސަގާފީ ރީތި ކުޅިވަރުތައް ދަމަހައްޓަންޖެހެއެވެ.


ތާރީޚަކާއި ސަގާފަތެއް މާރީތި އަޚްލާޤިއްޔަތެއް

ޖާރީވި ނަލަ ގައުމިއްޔަތެއް މާޒީވި ނަސްލެއްގައިވުމީ. 

ކިޔުންތެރިންގެ ހިޔާލު