އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

9 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

8 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

8 months ago

ވާހަކަ

ބަޔެއް މީޑިޔާތަކުން ކުދިބަޔެއްގެ އަބުރާއި އިއްޒަތް ނަގާލާ އެކުދިން ފަލީހަތްކޮށްފި!

3 months ago

ހުސެއިން އަރުބާން ފައްވާޒް

އަހަރެމެންނަކީ އިންސާނުންނަށް ވާ ހިނދު ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ކުށަކަށް އަރާގަތުމުން އަހަރެމެންގެ މުޖްތަމައުގައި މި އޮންނަ ކަމަކީ އެމީހަކު ނިކަމެތި ކޮށްލާ އެމީހަކާއި ދިމަޔަށް އެއްޗެހި ކިޔުމެވެ. ފުރަށްސާރަކޮށް ދިމާ ކުރުމެވެ. މިއީ އަޅުގަނޑުމެންގެ މުޖްތަމައުގައި ކުރެވޭ ވަރަށް ނޭދެވޭ އަމަލެކެވެ. މިކަމުގެ ސަބަބުން ކުށްކުރި މީހައަށް ކުށަށް ތައުބާވެގެން މުޖްތަމައުއަށް ނިކުތުމަށް ފަސްޖެހެވެޔެވެ.

މިކަން ހުއްޓުމަށް ބަލާއިރު މިއީ އަޅުގަނޑުމެންގެ މުޖްތަމައުގެ އެންމެންގެ އެއްބާރުލުން ލިބިގެން ނޫނީ ނުހުއްޓޭނޭ ކަންކަމެވެ. އެއީ ޒަމާން ތަރައްގީވެ ޓެކްނޮލޮޖީގެ ގޮތުން އަދުގެ ދުނިޔެ ކުރިއަރާފައިވާ ވަރުންނެވެ.

މިކަންކަމުގައި އެންމެ ބޮޑު ރޯލެއް މިއަދާ ކުރަނީ މީޑިޔާއެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ނޫސްވެރިކަމުގެ މިނިވަންކަމާއި ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބެފައި ވީނަމަވެސް މިކަންކަން ހުންނަން ޖެހޭނީ ވަކި އިމެއްގެ ތެރޭގައެވެ. އެހެން ނަމަވެސް މިކަންކަން މިއަދު އަޅުގަނޑުމެންގެ މުޖްތަމައުގައި ވަނީ ބޮއްސުންލާފައެވެ. ނޫސްވެރިން ވެސް މިފަދަ ބޭއަދަބީ ކަންކަމަށް ސަމާލުވުމަށް އަޅުގަނޑު ގޮވާލަމެވެ. އެއީ މިފަދަ ކަންކަމަކީ އެކުދިންގެ އަބުރާއި އިއްޒަތް ނަގާލާ ކަންކަމަށް ވާތީއެވެ. ސޯޝަލް މީޑިޔާއަކީ ޙަބަރުތައް އެތައް ބަޔަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދޭ ވަސީލަތަށް ވާއިރު ކުއްޖަކަށް ކުރެވޭ ކުށް މުޅި މީސްމީޑިޔާގައި ފެތުރުމަކީ އެކުއްޖާ އެކުށަށް ތައުބާވެ ދެވަނަ ފަހަރަށް މުޖްތަމައުގެ ތެރެއަށް ނިކުތުމަށް އެޅޭ ހުރަހެކެވެ. މިފަދަ ކަންކަމުގެ ބަދަލުގައި އަޅުގަނޑުމެންނަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ކުރެވޭ ކުށްތަށް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާ، އެކުރެވުނު ކުށަށް ތައުބާވުމަށް އެހީތެރިވެދޭ ބަޔަކަށް ވަމާތޯއެވެ.

ކުށް ކުރެވުނު މީހާ ކުރެވުނު ކުށް ގަބޫލު ކުރުމަކީ ރަނގަޅު ފާލެކެވެ. ކިތަންމެ ބޮޑު ފާފައަކަށް އަރާގަނެފައި ވީނަމަވެސް އޭނަށް ކުރެވެނު ކުށް ގަބޫލުކޮށް އެކުށަށް ތައުބާ ވުމަކީ ތައުބާވުމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނޭކަމެވެ. އެހެންނަމަވެސް މި މުޖްތަމައުގައި އާންމުކޮށް ފެންނަ މަންޒަރަކީ ކުށެއްކޮށް އެކުށް ކުރިކަމަށް އެއްބަސްނުވުމެވެ. ކުށެއް ކުރެވުނުކަން ގަބޫލު ނުކުރެވުމެވެ. ކައިވެނީގެ ބޭރުން ޒިނޭކޮށްގެން ލިބޭ ދަރި އަކީ ތިމާގެ ދަރިކަމުގައި ނަހަދާ އެކަންކަން އޮޅުވާލުމެވެ. މިއީ ނަސްލު އޮޅުވާލުން ކަހަލަކަމެވެ. މިއީ ކިހާ ބޮޑު ފާފައެއްބާވައެވެ. އެހެންނަމަވެސް މީޑިޔާތެރޭގައި ތި ދެކެވޭ 15 އަހަރުގެ ފިރިހިން ކުއްޖާ ކުށް ގަބޫލުކޮށް އޭނައަށް ކައިވެނީގެ ބޭރުން ލިބުނު ދަރިޔާއި ހަވާލުވުމަކީ އުފާކުރަންޖެހޭނޭކަމެކެވެ. އެހެން ނަމަވެސް އަޅުގަނޑު މި މިކުއްޖާއަށް ކުރެވުނު ކުށް ރަނގަޅު ކަމަކަށް ހަދާ އެމީހުންނަށް ސަޕޯޓް ކުރަނީކީ ނޫނެވެ. ދަރިޔަށް ހަރަދުކޮށް ލޯބިދީ ހެޔޮ ގޮތުގައި އެ ދަރި ބަލާއި ބޮޑު ކުރުމަކީ އެދަރީގެ މަންމަގެ އިތުރުން ބައްޕަގެ މަސްއޫލިއްޔަތަކަށް ވާތީ މިކަންކަން ފާހަގަ ކޮށްލީއެވެ. އަދި ހަމައެޔާއެކު ޒިނޭގެ އިތުރުން ނަސްލު އޮޅުވާލުން ފަދަ ބޮޑެތި ކުށްތަކަށް އަރާނުގަތުމަށް ނަސޭހަތްތެރިވުމުގެ ގޮތުން މިކަން ފާހަގަކޮށްލީއެވެ.

ޔާﷲ، މި ދެމީހުންނަށް ކުރެވުނު ކުށަށް މިދެމީހުން ފުރިހަމަ ތައުބާއެއް ވެއްޖެނަމަ އެދެމީހުންގެ ފާފަ ފުއްސަވާ ރަހްމަތްލައްވާށެވެ. އަދި ހެޔޮމަގަށް މަގު ދައްކަވާ މުންކަރައަތް ތަކުން އަޅުގަނޑުމެންގެ މުޖްތަމައު ރައްކާތެރި ކުރައްވާށެވެ. އަދި މީޑިޔާ ތެރޭގައި ދައުރުވާ މިފަދަ ވާހަކަތަކުން އަޅުގަނޑުމެންގެ މުޖްތަމައު ރައްކާތެރި ކުރައްވާ ތައުބާވުމުގެ ހިތްވަރު ކޮންމެ މީހަކަށް ވެސް ދެއްވާށެވެ.

އާމީން.

ކިޔުންތެރިންގެ ހިޔާލު

އިންސާ

އަސްލުވެސް އިންސާނުންނަކީ ކުށްކުރެވޭ ގޮތަށް ހައްދަވާާާފައި ވާ ބައެއް

3 months ago

މ

ކޮން އަބުރާ އިއްޒަތެއްގެ ވާހަކަ އެއް... ބަލަ އެކުދިން އަމިއްލަ އަކަށްނު އަބުރާ އިއްޒަތް އެ ނަގާލީ... ތި ލިއުމުން ދޭހަވަނީ އެކަހަލަ ފާހިޝް އަމަލު ތަކަށް ހިތްއވަރު ދޭ ލިއުމެއް ކަން.

3 months ago

މަން

އާމިން

3 months ago

ޝާ

އާމީން

3 months ago

މުނާ

ރައްމެދައް ބަލިވެއިނދެ ވިހޭމަވެސް ރައްކާކުރާނެ އަބުރެއް އެބައޮތްތަ؟

3 months ago

ނަދާ

ތިހާ ދެރަވަންޏާ އެކަހަލަ ޙަރާމް ކަންކަމެއް ނުކުރާނެ ދޯ! ހަމަ ކަނޑައެޅިގެން އެއީ ގޯސް ކަމެއްކަން އެބަ އެނގޭ ސޯ؟؟

3 months ago

ތުއްތު ކުޑަބޭ

ޒިނޭގެ ދަރީގެ ޝަރުޢީ ބައްޕައެއް ނުހުންނާނެ. ބައްޕަ ސާބިތުވާނީ ކައިވެނީގެ ތެރެއިން ދަރިން ހޯދީމާ. ނުބައި ކަމެއް ކުރެވިދާނެ. އެކަމަކު އަދިވެސް ކުރިން އުޅުން ވައްތަރަށް އެގެޔަށް ގޮސް، ގައިގޯޅިކޮށް އުޅެ، ލަދުވެތިކަމެއް ނުފެންނަ ނަމަ އެއީ މައްސަލައެއް. ދީނުގެ މިކަހަލަ ކަންކަމުގައި ނޭގޭ ހާލު ބަސްބުނުމަކީ ވަރަށް ބިރުވެރި ކަމެއް. ޝުކުރިއްޔާ

3 months ago