އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

ރަންބޮލި މަހާސަމާގެ ނަމުގައި ވަރަށް ތަފާތު ނައިޓް މާކެޓެއް

1 month ago

ހުސެއިން އަރުބާން ފައްވާޒް

މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށް "ރަންބޮލި މަހާސަމާގެ" ނަމުގައި ވަރަށް ތަފާތު ނައިޓް މާކެޓް އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


"ރަންބޮލި މަހާސަމާގެ" ގެ ނަމުގައި މި ބާއްވާ ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.


މި ނައިޓް މާކެޓް ޖުލައި 26 ހާއި ދިމާކޮށް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އާންމުންނަށް ގިނަ އެއްޗެހި އެއްތަނަކުން ހެޔޮ އަގެއްގައި ލިބެން ހުރުން ކަމަށް "ރަންބޮލި މަހާސަމާގެ" އޮފިސަލަކު ބުނެފައިވެއެވެ.


މިޔާއެކު ތޫރައަށް މައުލޫމާތު އެބޭފުޅާ ވިދާޅުޅުވެފައި ވަނީ " މި ނައިޓް މާކެޓް ވެގެން ދާނީ ކުރީގައި ބާއްވާ ނައިޓް މާކެޓް ތަކާއި ވަރަށް ތަފާތު ނައިޓް މާކެޓެއްގެ ގޮތުގައި ކަމަށެވެ."


" އެހެން ނައިޓް މާކެޓް ތަކުގައި ސްޓޯލް ތައް ހުންނާނީ ސަތަރި ދަމާގެން ހަދާފަ. އެހެންނަމަވެސް އަހަރެމެން ހުންނާނީ ސްޓޯލްތަކަށް ބޭރުން ޓެންޓް ގެނެސްފަ." ކުރީގައި ދެންނެވި ބަސްކޮޅަށް ބާރު ދެމުން އޮފިސަލް ބުނެފައިވެއެވެ.


މީގެ އިތުރުން ކުޑަކުދިންނަށް އަމާޒު ކޮށްގެން ބޭއްވޭ ގިނަ ކުޅިވަރު ގެ ހަރަކާތްތަކާއި ގިނަ ހަދިޔާތަކެއް ވެސް ލިބޭނޭ ކަމަށް ފާހަގަ ކޮށްލާފައި ވެއެވެ.


އިނާމް ލިބޭ ގޮތް ތޫތަޔަށް އޮޅުން ފިލުވައިދެއްވަމުން އެބޭފުޅާ ބުނެފައި ވަނީ ކޮންމެ ކުޅިވަރެއްގައި ވެސް ބައިވެރިވުމުން ކޫޕަނެއް ލިބޭނޭ ކަމަށެވެ. އަދި މި ކޫޕަންތަކުގެ ތެރެއިން ކޮންމެ ދުވަހަކު ނެގޭ ހަދިޔާއާއި މުޅި މަހާސަމާ ނިމޭ ދުވަހު ނެގޭ ހަދިޔާތައްވެސް ހުންނާނެ ކަމަށެވެ.


19 ޖުލައި އިން 25 ޖުލައި އަށް ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައި ވާއިރު މާކެޓް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ 19 ޖުލައި ވަނަ ދުވަހުގެ ރޭ 20:00 އިން 23:00 އަށެވެ

އަދި 20 ޖުލައި އިން ފެށިގެން 25 ޖުލައި އަށް ކޮންމެ ދުވަހެއްގެ 16:00 ރޭގަނޑު 23:00 އަށެވެ.


ޕްރައިމް އަދި ސްޓޭންޑާޑް ސްޓޯލްގެ އިތުރުން 2 ކެންޓީން ހިމެނޭ މި ނައިޓް މާކެޓްގެ ސްޓޯލް ދޫކުރަން ފެއްޓިތާ މާ ގިނަ ދުވަހެއް ނުވި ނަމަވެސް، މާކެޓަށް ވިޔަފާރިވެރިންނާއި ސްޓޯލް ނަގާ ފަރާތްތަކުންނާއި އަދި އާންމުންގެ ފަރާތުން ދެމުން ގެންދާ އެއްބާރުލުން ރަންބޮލިން ވަނީ ފާހަގަކޮށްފައެވެ.


ރަންބޮލި މަހާސަމާގެ ނައިޓް މާކެޓާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދުމަށާއި ސްޓޯލް ބުކް ކުރުމަށް 9181919 އަށް ގުޅުމަށް ރަންބޮލިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު