އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ހޫތީންގެ ދެ ޑްރޯން ސައުދީއިން ވައްޓާލައިފި

11 months ago

ހައްވާ އާޒިމާ

ހޫތީ ހަނގުރާމަ ވެރިންގެ ބޮންއަޅާ ދެ ޑްރޯން ސައުދިއަރަބިއްޔާގެ ދިފާއީ ނިޒާމުން ގޮއްވާލައި ބިމަށް ވައްޓާލައިފި ކަމަށް ސައުދީ މީޑިޔާއިން މިއަދު ރިޕޯޓް ކޮށްފިއެވެ. މި ރިޕޯޓްތައް އައިސްފައި ވަނީ ސައުދީ އަސްކަރިއްޔާގެ ކާނަލް އަދި އަރަބި ކޯލިޝަންގެ ތަރުޖަމާނުގެ މަގާމުގައި ހުންނަވާ ތުރްކީ އަލް މަލިކީ އާއި ހަވާލާދީ އެވެ.


އަލް މަލިކީ ވިދާޅުވި ގޮތުގައި ވައްޓާލި އެއް ޑްރޯންގެ މިސްރާބު އަމާޒުވެފައި ހުރީ އަބާ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. އަދި ދެވަނަ ޑްރޯން ވަށްޓާލައިފައިވަނީ ޔަމަނުގެ ވައިގެ ސަރަހައްދުން ބޭރުނުވަނީހެވެ.


ހޫތީ ހަނގުރާމަ ވެރިން މިދިޔަ ހަފްތާ ފެށުނީއްސުރެ ސައުދީގެ އަބާ ސިޓީއަށް ޑްރޯންގެ ހަމަލާތަށް ދެމުން ދިޔަ އިރު އޭގެ ރައްދުގައި ސައުދީއިން ވެސް ދަނީ ހަމަލާގެ ރައްދު ދެމުންނެވެ.


ހޫތީން ސައުދީއަށް ދެމުންދާ ހަމަލާތައް އދ. ގެ ސަލާމަތީ މަޖިލީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު އިރާނުން ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. ނަމަވެސް އިރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު