އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

މިސްރަށް އެރި ރަބީޢުގެ ހަނދު އޮއްސުން

2 months ago

ހުސެއިން އަރުބާން ފައްވާޒް

މިސްރުގެ އިންތިހާބީ ރައީސް މުހައްމަދު މުރުސީ އަކީ ފަހުގެ ތާރީޙެއްގައި ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.


އިސްލާމީ ދުނިޔެދުއް އެންމެ ހިތްވަރުގަދަ އެއް މުސްލިމް ލީޑަރު ކަމަށްވާ މުރުސީ އަކީ މިސްރުގެ ހުދުމުހުތާރު ރައީސް ހުސްނީ މުބާރަކްގެ ވެރިކަމަށް ފަހު ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅާއެވެ.


ހައްގަށް ނަސްރުދީ، ދީނަށް ގޮވާލުމުގައި ފަސްޖެހުމެއް ނެތި އަދި އެއްވެސް ބިރުވެރި ކަމެއްވެސް ނެތި އެމަނިކުފާނު ވަނީ ވަޑައިގަނެފައެވެ.


އިސްރާއީލާއި ދެކޮޅަށް ބަސް ވިދާޅުވެ، ފަލަސްތީންގެ ރައްޔިތުންގެ މިނިވަންކަމަށް ގޮވާލެއްވުމަކީ އިސްރާއީލާ އެމެރިކާ އިން ވަރަށް ބޮޑަށް ރުޅި އައިކަމަށް ވީއިރު ވެސް އެމަނިކުފާނު ސާބިތުކަމާއެކު ދެއްކެވި ނަމުނާ އަކީ މިއަދުގެ އިސްލާމީ ޖަމާއަތްތަކަށް ލިބެގެން ދާނޭ އަގުހުރި ފިލާވަޅެކެވެ.


މުރުސީގެ އެންމެ ފަހު ނޭވަޔަށް ދާންދެން ވެސް އެބޭފުޅާ ވަނީ އެބޭފުޅާގެ ހިތްވަރު ގަދަކަން ދައްކަވާފައެވެ.


މުރުސީގެ ވެރިކަން ވައްޓާލާ އެބޭފުޅާ ވެރިކަމުން ދުރު ކުރެވުނެވެ. ވެރިކަން ވައްޓާލުމުގައި އެމެރިކާ އާއި އިސްރާއީލްގެ ޖާސޫސުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވެއެވެ.


އަދި ހަމަ އެޔާއެކު ސިޔާސީ ބޭނުމަށްޓަކައި ބޭސްފަރުވާއިން މަހްރޫމް ކުރައްވާ ޖަލުގެ ތޭރި ތަކުގެ ތެރޭގައި ބަންދުކުރެވިފައި އެބޭފުޅާ ބެހެއްޓުނެވެ.


މުރުސީ، ރޭގެ ވަގުތެއްގައި ކޯޓްގެ ތެރޭގައި ހުއްޓާ ކުއްލި ގޮތަކަށް ވަނީ އަވަހާރަވެފައެވެ.


އުމުރުފުޅުން 67 އަހަރުގައި މުރުސީ އަވަހަރަވީ ކޯޓްގެ ތެރޭގައި ހޭފުޅު ނެތި ވަޑައިގެންނެވިތާ އިރުކޮޅެއް ފަހުންނެވެ.


މިޞްރުގެ ޝަރުޢީ ދާއިރާގެ ބޭފުލަކާއި ހަވާލާދީ އަލް ޖަޒީރާ އިން ބުނީ މުރުސީ އަވަހާރަވުމުގެ ކުރިން 20 މިނެޓް ވަންދެން މެދު ނުކެނޑި ފަނޑިޔާރާ ވާހަކަ ދެކެވުނު ކަމަށެވެ. އަދި އެއްވެސް ހާސްކަމެއް ނެތި ހިނިތުންވުމާއެކު ވާހަކަ ދައްކަމުން ދަނިކޮށް ހޭނެތުނީ ކަމަށް އަލްޖަޒީރާއިން ބުނެފައެވެ.


މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުރުސީ އަވަހާރަވީ މިސްރުގެ ގަޑިން މިއަދު ހަވީރު 04:50 ގައި ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން މިރޭ 19:50 އެވެ.


ރޭގެ ވަގުތެއްގައި މުރުސީ އަވަހާރަވުމާއި އެކު ހިތްވަރުގަދަ، މުސްލިމް ލީޑަރަކު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ.

ކިޔުންތެރިންގެ ހިޔާލު