އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

ނައިފަރުގެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިން

2 months ago

ހުސެއިން އަރުބާން ފައްވާޒް

އަހުނަފްއާއި ތިބްޔާނަކީ ނައިފަތަށް އާ ދެނަމެއް ނޫނެވެ. ފުޓްބޯޅާއިގެ މައިޒާނުގައި މި ދެކުޅުން ތެރިންނަކީ ވެސް ފާހަގަ ކޮށްލެވޭ ދެ ކުދިންނެވެ. އެޕެކްސް ކްލަބަށް ނިސްބަތްވާ މި ދެކުޅުންތެރިންނަކީ އުމުރުން ވަރަށް ޅައިރުންސުރެވެސް ފުޓްބޯޅަ ކުޅެމުން އަންނަ ދެކުދިންނެވެ.


އެޕެކްސް ކްލަބަކީ ނައިފަރު ސްކޫލްގެ ހެލްތު އެންޑް ޕީއީ ޓީޗާރ އަބްދުﷲ އަދީލްއަށް ނިސްބަތްވާ ކްލަބެކެވެ.


އަދީލްއަކީ ނައިފަރަށް އުފަން ޒުވާނެކެވެ. ފެށުނީސްސުރެ އަދި އަދަށް ދާންދެންވެސް ފުޓްބޯޅައަށް ހާއްސަ ޝައުގުވެރި ކަމެއް ދެމުން އަންނަ މީހެކެވެ. ފުޓްބޯޅަ ދަނޑުން އަދީލް ކުޅުންތެރިޔެއްގެ ސިފައިގައި ފެނިގެން ނުދިޔަ ނަމަވެސް އަދީލް އަކީ ފާހަގަ ކޮށްލެވޭ ކޯޗެކެވެ. ރަށުގެ ގިނަބަޔަކަށް އާ ނަމަކަށް މިނަން ވެގެން ނުދާނެއެވެ. ކުޑަކުދިންނާއި ރަށުގެ ޒުވާނުންގެ ލޯތްބާއި ގަދަރު ލިބިފައިވާ މީހެކެވެ.


އަދީލް ކުޅިވަރުގެ މައިޒާނުގައި ވިދާލީ އެޕެކްސް ސްޕޯޓްސް އެކަޑަމީގެ ނަމުގައި އެކަމީއެއް ހިންގަން ފެށި ހިސާބުންނެވެ. ނައިފަރަކީ ފެށުނީސުރެވެސް ފުޓްބޯޅައަށް ލޯބި ކުރާ ރަށެކެވެ. ކުދި ބޮޑު އެންމެން ފުޓްބޯޅަ ކުޅުމަށް ފޯރި ހުންނަ ރަށެކެވެ. ކޮންމެ ދުވަހެއްގެ ހަވީރު ފުޓްބޯޅަ ދަނޑު ފެންނާނީ ފުރިފަ ވާ ތަނެވެ. ޒުވާން ކުދިންނާއި ކުޑަ ކުދިންނެވެ. ބަޔަށް ބަހައިގެން އެއްވެސް ޕްރެކްޓިސް އަކާއި ނުލާ ހުސްބޯޅަ ތަޅަމުން ގެންދާތަނެވެ. އެއްބަޔަކު ބޫޓްގައި ތިބިއްޔާ އަނެއްބަޔަކު ތިބޭނީ ބޫޓަކު ނޫނެވެ. ފުޓްބޯޅާގެ އެއްވެސް އުސޫލަކާއި ގަވާއިދަކަށް ބެލުމެއް ނޯވެއެވެ. ނަމަވެސް މިއީ މާޒީއެވެ. 


މިގޮތުން ފުޓްބޯޅަ ކުޅުމުގައި ހާއްސަ ކޮށް ކުޑަކުދީންނަށް ބޮޑު އިންގިލާބެއް ގެނެސްދިން އެއްމީހެއްގެ ގޮތުގައި އަދީލް ފާހަގަ ކޮށްލެވިގެން ދާނެޔެވެ. އެއީ އަދީލް އެޕެކްސް ސޯޕްޓްސް އެކަޑަމީ ފެށި ހިސާބުންނެވެ.


މި އެކަޑަމީ ފެށީ ކުޑަ ކުދިންނަށް އަމާޒު ކޮށްގެންނެވެ. ހިލޭ ސާބަހަށް ކުރާ ކަމަށް ވުމާއެކު ގިނަ ކުދިންތަކެއްގެ ލޯތައް މި އެކަޑަމީއަށް އަމާޒު ވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ކުދިން ތަކެއް މި އެކަޑަމީއަށް އަންނަން ފެށިއެވެ.


މިގޮތުން ފުރަތަމަ އެކަޑަމީ ބާއްވާން ފެށީ ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހެއްގެ ހެނދުނެވެ. މަދުރަސާ ބަންދު ޗުއްޓީ ދެދުވަސް ކަމުގައި ވީނަމަވެސް ގޭގައި ނިދާކަށް މިކުދިން ނުތިބެތެވެ. ޕްރެކްޓިސް ގަޑި ފެށެން ވާއިރަށް ދަނޑުގައި ތިބެޔެވެ. މިކަމުންވެސް ފެނިގެން މިދަނީ ނައިފަރުގެ މި ތުއްތު ކުދިންވެސް ފުޓްބޯޅައަށް ދޭ ޝައުގުވެރިކަމެވެ.


ޕްރެކްޓިސް އޮންނަ ކޮންމެ ދުވަހަކުވެސް އެކި އެކި ޕްރެކްޓިސްތައް ޖައްސައެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ޕްރެކްޓިސްތައް އުނދަގޫ ކުރަމުން ގެންދިޔައެވެ. އަދި ކޮންމެ ދުވަހަކުވެސް ޕްރެކްޓިސް ނިންމާލުމުގެ ކުރިން ކުދިން ލައްވާ ދެބަޔަށް ބަށްސުވައިގެން މެޗެއް ކުޅުއްވައެވެ.


ދުވަސްތައް ފާއިތުވަމުން ގޮސް ރަށުގައި ފުޑްސަލް ދަނޑެއް އެޅުނެވެ. އަދި ރަށުގެ ބޮޑު ދަނޑުގައި ޓާފްއެޅުނެވެ. ފުޑްސެސް ދަނޑު އެޅުމާއި އެކީ "ސެންސް" ޖަމިއްޔާ އިން އިސް ނަގައިގެން ފުޓްބޯޅަ މުބާރާތެއް އިންތިޒާމް ކުރެވުނެވެ. "ކުރުކުޗޫނާ" ގެ ނަމުގައި މި ބާއްޥާ މުބާރާތް ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދުގައި ބޭއްވިގެން ދެޔެވެ. މިއީ މި މުބާރާތްބޭއްވެގެން ދާތާ 6 ވަނަ އަހަރެވެ.


މި މުބާރާތުގައި ގިނަ ޓީމް ތަކެއް ބައިވެރިވެއެވެ. އަތޮޅު ތެރެޔަށް ހުޅުވައިލައިގެން ބާއްވާ މި މުބާރާތުގައި ރަށުން ބޭރުގެ ޓީމުތައްވެސް ބައިވެރި ވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ގިނަ ޒުވާނުންތަކެއް މި މުބާރާތުގެ ސަބަބުން ފުޑްސެލް އަށް ޝައުގުވެރި ވެގެން ދިޔައެވެ. 


އަދީލް އެކަޑަމީ ކުރިޔަށް ދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ކުދިންގެ ކުޅުން ރަނގަޅުވެ، ކުޅުމުގެ ތެރޭގައި ޕްރެކްޓިސް ތަކުގެ ނަތީޖާތައް ފެންނަން ފެށި އެވެ.


އަދީލް މިމުބާރާތުގައި އެޕެކްސްގެ ނަމުގައި ޓީމެއް ބައިވެރި ކުރިޔެވެ. އެހެން ނަމަވެސް މިކުދިން ނެއް ނޫނެވެ. އެއީ ޒުވާން ޓީމެވެކެވެ.


ކުދިންގެ ކުޅުން ރަނގަޅުވެގެން ދާން ފެށިއެވެ. ޖެހިގެން އައި އަހަރު ގެ މުބާރާތަށް ޓީމްތައް ރަޖިސްޓަރ ކުރުމަށް އިއުލާނު ކުރެވިގެން ދިޔައެވެ. އަދީލް މިފަހަރު އެކަޑަމީ ހިންގަމުން އައި ކުޑަ ކުދިންގެ ޓީމެއް ނެރެން ގަސްތުކުރިޔެވެ. ހަމަ އެޔާއެކު ކުރިން އަހަރު ނެރުން ބޮޑު ޓީމްވެސް ނެރުނެވެ.


މި މުބާރާތުގައި އެހާ ހަގު އުމުރުގެ ކުދިންތަކަކަށް ކުޅެލަން ލިބުމަކީ އެކުދިން ލިބިގެން ދިޔަ ވަރަށް ރަނގަޅު ފުރުސަތެކެވެ. ހަމަ އެޔާއެކު ގިނަ ބަޔެއްގެ ޝައުގުވެރިކަން ވެސް އެކުދިންނަށް ހުއްޓިގެން ދިޔަކަމެކެވެ. ކިތަންމެ ގިނަ ގޯލުގެ ތަފާތުން ބަލިވިނަމަވެސް އެކުދިން ދަނޑުމަތީގައި ދެއްކީ ތަފާތު ރީތި ކުޅުމެކެވެ. ސަޕޯޓަރުން މެނދުކެޑު މެއްނެތި މިކުދިންނަށް ސަޕޯޓް ކުރަމުން ދިޔައެވެ. އަދި މިކުދިން ކުރި ހިތްވަރަށް ސާބަސް ކިޔެވެ.


މިކުދިން މިގޮތަށް މުބާރާތްތަކުގައި ބައިވެރި ކުރަމުން ގެންދިޔައެވެ. އަދި ހަމަ އެޔާއެކު ޕްރެކްޓިސްތަށްވެސް ވެސް މެދު ކެނޑުމެއް ނެތި ކުރިޔަށް ގެންދަމުން ދަމުން ދިޔައެވެ. ނަތީޖާއަކަށްވީ އެކުދިންގެ ކުޅުމުގެ ފެންވަރު ރަނގަޅުވުމެވެ. ހަމަ އެޔާއެކު ކިތަންމެ ބޮޑެތިބަޔަކާއި އެކު ކުޅެން ޖެހުނަސް ގަންނަ ބިރު ކެޑިގެން ދިޔުމެވެ. އެކި އެކުޅުތައް ދަސްވެ، ތަޖްރިބާތަކެއް ކުރެވިގެން ދިޔުމެވެ. މި މުބާރާތަށް ފަހު ޓީމްގެ ބައެއް ކުޅުންތެރިން މުޅި ރަށުތެރެޔަށް ވިދާލިޔެވެ. ތިބްޔާން ( ތިބޫ)، އަހުނަފް (އަހޫ)، އާދީ، އަނޫފް (ގަނޫ)، މާދިން އަދި ޝަރޫފްއަކީ ފުޓްބޯޅާއިގެ މައިދާނުގައި މިހާރު ގިނަ ބަޔަކަށް އެގޭނޭ ކުދިންނެވެ.



މިކުދިންގެ ތެރެއިން ޓީމް ކެޕްޓަން އަހުނަފް (އަހޫ) އެމްވީޓީވީއަށް އަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާވެސް ވަރަށް ޅަ އުމުރެއްގައި ފުޓްބޯޅަ ކުޅެންފަށާއި ފައިވާ ކަމަށާއި ފުރަތަމަ ފެށީރު ފުޓްބޯޅަ ކުޅެން އަރާ ބޫޓް އެއްޗެހި ހޯދުމަށް ގިނަ ދަތިތަކާއި ކުރިމަތި ލާންޖެހުން ކަމަށެވެ. އަދި މިހާ ހިސާބަށް އައުމަށް ވަރަށް ހިތްވަރު ކުރިކަމަށާއި މިފުރުސަތުގައި ފުރަތަމަވެސް މިހާ ހިސާބަށް ގެނެއުމަށް ޓަކާއި އަދި ފުޓްބޯޅަ ކުޅުންތެރިޔަކަށް ހަދަން އެންމެ މަސައްކަތް ކޮށްދެއްވި "އަދީލް ސާރ" އަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާކަމަށް އޭނާ ބުނެފައިވެޔެވެ. ހަމަ އެޔާއެކު އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން މެދުކެނޑުމެއްނެތިލިބެމުންދާ ހިތްވަރަށާއި ސަޕޯޓަށް ފަށްފަށުން ޝުކުރު ދަންނަވަން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ. ނިންމާލަމުން އަހޫ ބުނެފައިވަނީ " ފުޓްބޯޅަ ކުޅުމުގައި ދެމި ހުންނާނެ ކަމަށާއި، ފުޓްބޯޅަ ކުޅުމުގައި ދެވެން އޮތް އެންމެ އުސް ހަރުފަތަށް ވާސިލް ވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން މިހުރީ ތައްޔާރަށް ކަމުގައެވެ. "


ކިޔުންތެރިންގެ ހިޔާލު

ބާސް

ނައިފަރުގަ ފުޓްސަލްދަނޑު އެޅިފަހުން އަދި 6 އަހަރެއްނުވޭ!

2 months ago

ފޫޅު ދިގު މަރިޔަނބު

ފާހަގަ ކޮއްފަވާ ދެކުޅުންތެރިން ކަހަލަ މޮޅު އެހެން ކުޅުންތެރިންވެސް ތިކްލަބްގަ ތިބޭ! ދެން ލަލަލާ!

2 months ago

ރަންރަމާރި

ފުޑުސަލް

1 month ago

ރަންރަމާރި

ފުޑުސަލް ތަ ނޫނީ ފުޓްސަލް ތަ؟

2 months ago