އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

މަސްރަޙު ހޫނު ނަމަވެސް އެމެރިކާއާއެކު ކުރިމަތިލުމަކަށް ނުދާނެ: ޚާމަނާއީ

3 months ago

އިބްރާހިމް ނާޒިމް

އެމެރިކާއާއި އީރާނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވި މަސްރަޙު ހޫނުވެފައި ވީނަމަވެސް ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައިގެ ކުރިމަތިލުމެއް ނުހިނގާނެކަމަށް އީރާނުގެ އިންޤްލާބީ ޒަޢީމް އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


ހަނގުރާމައެއް ފެށުމަކީ އެމެރިކާއަށް ވެސް މަސްލަހަތު ހުރި ގޮތެއް ނޫންކަމަށް އީރާނުގެ ޒައީމް ޚާމަނާއީ ވިދާޅުވީ ތެހެރާންގައި އަންގާރަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި އީރާނުގެ މަތީ ފެންވަރުގެ އޮފިޝަލުންނާއ،ި ޝަރުޢީ ދާއިރާގެ އިސް ފަނޑިޔާރުންނާއި، ޤާނޫނު ހަދާ މަޖްލިސްގެ މެންބަރުންނާއި، އީރާނުގައި ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގައި ނުފޫޒުގަދަ ފަރާތްތައް ބައިވެރިވެފައި ވެއެވެ.


ޚާމަނާއި ވިދާޅުވި ގޮތުގައި އެމެރިކާއަށް ޢަސްކަރީގޮތުން އީރާނާ ކުރިމަތިލާން ނުކެރޭނެ ސަބަބުތައް ބައިވަރު އެބަހުއްޓެވެ. ކޮންމެ ގޮތަކުން ނަމަވެސް ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ގެއްލުން އެމެރިކާއަށާއި އެ ޤައުމުގެ ބައިވެރިންނަށް ނުހަނު ބޮޑުވެގެންދާނެކަން އެމެރިކާއިން ޤަބޫލުކުރެ އެވެ. އީރާނަށް ދެވޭ ކޮންމެ ހަމަލާއެއްގެ ރައްދު އީރާނުން އެމެރިކާއަށް ދޭނެ އެވެ. މިހެންކަމާއެކު އީރާނުގެ ޢަސްކަރީ ބާރުގެ ކުރިމަތީގައި އެމެރިކާއަށް ފަހަތަށްޖެހެން މަޖުބޫރުވާނެ އެވެ.


ޚާމަނާއީ އިތުރަށް ވިދާޅުވިގޮތުގައި އެމެރިކާއާއި ހިނގާ ކޮންމެ ކުރިމަތިލުމެއްގެ ނަތީޖާ ބިނާވެފައި އޮންނާނީ ޢަޒުމުގެ ވަރުގަދަކަމުގެ މައްޗަށެވެ. އެމެރިކާއަށް ވުރެ ޢަޒުމް ވަރުގަދައީ އީރާނުގެ ކަމަށް ވާތީ އީރާނުން ހަނގުރާމަ ކާމިޔާބުކުރާނެކަމަށް ވިދާޅުވި އެވެ.    

ކިޔުންތެރިންގެ ހިޔާލު