އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ބީއެމްއެލްއަށް ލިނުބު ފައިދާ 1.6 ބިލިޔަނަށް އިތުރުވެއްޖެ

1 year ago

އިބްރާހިމް ނާޒިމް

ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި މިދިޔަ އަހަރަކީ މާލީ ގޮތުން ކާމިޔާބުގެ ރެކޯޑް އަހަރު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ. ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މިހާރު ނެރެފައި ވާއިރު އޭގައި ބަޔާންވެފައިވާ ގޮތުން 1.6 ބިލިއަން ރުފިޔާގެ ފައިދާ އަކީ ޓެކްސް އަށް ދައްކަންޖެހޭވަރު ކެނޑުމުގެ ކުރިން ލިބުނު ވަރެވެ. މިހެންކަމުން މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓްގެ އިތުރުވުމެކެވެ.


ފާއިތުވީ ތިން އަހަރު ވެސް ބީއެމްއެލް އަށް ވަނީ ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާގެ މިންވަރު އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފަ އެވެ. ބީއެމްއެލް އަށް ލިބުނު ފައިދާގެ މިންވަރު ބެލުމަށްފަހު އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ފައިދާގެ ތެރެއިން 129 މިލިއަން ރުފިޔާ ބެހުމަށްޓަކައި އާންމު ޖަލްސާއަށް ހުށަހަޅަން ނިންމާފަ އެވެ. މިގޮތުން ބަހާނީ ކޮންމެ ހިއްސާއަކަށް 24 ރުފިޔާގެ މިންވަރެވެ.


ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ލިބުމާއި ލޯނު ދޫކުރި ނިސްބަތް މިދިޔަ އަހަރު އިތުރުވުމެވެ. އެ ރިޕޯޓްގައިވާ ގޮތުން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 4.1 ޕަސެންޓުން 3.5 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ޜޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންގަނޑެއްގައި ހިިފެހެއްޓިފަ އެވެ.ބީއެމްއެލް އަށް މާލީގޮތުން އެންމެ ކާމިޔާބު އަހަރަށް މިދިޔަ އަހަރު ވެފައިވާއިރު، އެ ކުންފުނިން މިދިޔަ އަހަރު ވަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. "އަހަރެންގެ ބޭންކް" ނަމުގައި ހިންގި އެ ޕްރޮގްރާމްގެ ދަށުން ތައުލީމާއި ކުޅިވަރާއި ތިމާވެށީގެ ހަރަކާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ހަރަކާތްތައް ހިމެނޭ ގޮތަށް، 110 ހަރަކާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ އާ ހަތަރު ބްރާންޗަކާއި ފަސް ސެލްފް ސާވިސް ބޭންކް ސެންޓަރެއް ވެސް އަތޮޅު ތެރޭގައި ގާއިމްކޮށް، ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ޚިދުމަތް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ކޭޝް އޭޖެންޓުންގެ އަދަދު ވެސް 277 އަށް ވަނީ އިތުރުކޮށްފަ އެވެ.


މި ކާމިޔާބީއާ ގުޅިގެން، ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އެ ނަތީޖާތަކުން ދައްކުވައިދެނީ މާލީގޮތުން ހަރުދަނާ ކުރިއެރުންތަކެއް ބީއެމްއެލް އިން ހޯދުމުގެ އިތުރުން ބޭންކުން މުޖްތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްތައް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ އެ ކާމިޔާބީތައް އެގޮތުގައި ދަމަހައްޓައި، ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ޚިދުމަތްތައް ރަނގަޅު ކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު