އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން ލޯންޗުކޮށްފި

1 year ago

ފާޠިމަތު ފަޒީމާ

އުރީދޫ އިން ކޮންމެ ރަމަޟާން މަހެއްގައި ވެސް ކުރިއަށްގެންދާ " އުރީދޫ މަސްރޭސް" ގެ 10 ވަނަ ސީޒަން ލޯންޗުކޮށްފިއެވެ. ބުދަ ދުވަހު އުރީދޫއިން ބޭއްވި ރަސްމިއްޔާތެއްގައި މި ރޭސް ލޯންޗުކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ، މި މުބާރަތް މެދުވެރިކޮށް ރާއްޖޭގެ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފެދިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ފަހަރުގެ ސީޒަން އިތުރަށް ފޯރިގަދަ ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިމެނިފައިވާނެ ކަމަށެވެ.


ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޖާގައެއް ހޯދާފަކަމަށާއި، މި މުބާރަތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފެދިގެން ދިއުމަކީ ލިބިގެންދިޔަ ޚާއްސަ އުފަލެއްކަމަށާއި އަދި މަސްރޭހާ މެދު ފަޚުރުވެރިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ޒުވާން ފިރިހެނުންގެ އިތުރުން މި ފަހަރުގެ ސީޒަންގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އަންހެން ޓީމްތަކަށް ޚާއްސަ ބުރެއް ވެސް މިފަހަރު ބޭއްވިގެންދާނެ ކަމަށް އުރީ ދޫއިން މައުލޫމާތުދެއެވެ. މި ފަހަރުގެ މަސްރޭހުން އެއްވަނަ ހޯދާ ޓީމަކަށް 50،000ރުފިޔާ ލިބޭއިރު، އެންމެ ގިނަ މަސް ބާނާ ފަރާތަކަށް 5000ރ. އަދި އެންމެ ބަރު މަހެއް ބާނާ ފަރާތާއި، އެއްވަނަ އަންހެން ކެޔޮޅަށްވެސް 5000ރ ލިބޭނެ ކަމަށް އުރޫދޫއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު