އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފުޓްބޯޅަ ޓީމް ދަތުރުކުރި ބޯޓުވެއްޓުނުއިރު ސަލާމަތްވި ނޫސްވެރިޔާ މަރުވެއްޖެ

1 year ago

އިބްރާހިމް ނާޒިމް

ދެކުނު އެމެރިކާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓް ވެއްޓި ޝަޕޮކޮއެންސްގެ ކުޅުންތެރިން މަރުވުމުން ނެސިއަނަލް އިން ވަނީ އެ މެޗް ނުކުޅެ ޝަޕޮކޮއެންސަށް ތަށި ހަވާލުކުރަން އެދިފަ އެވެ. ނޭސިއަނަލްގެ މި ނިންމުމަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު، ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެގޮތަށް އެކަންކޮށް ޝަޕޮކޮއެންސަށް ޓްރޮފީގެ އިތުރުން އިނާމާއި ފައިސާ އަދި އެ ނޫން ވެސް އެހީތައް ފޯރުކޮށްދީފަ އެވެ.


ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް ނޮވެމްބަރު 2016ގައި މަތިންދާބޯޓް ވެއްޓި ބްރެޒިލްގެ ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މަރުވި ހާދިސާގައި ސަލާމަތްވި 6 މީހުންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ނޫސްވެރިޔާ ރަފޭލް ހެންޒެލް ފުޓްބޯޅަ ކުޅެން ހުއްޓާ އިއްޔެ މަރުވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.


އުމުރުން 45 އަހަރުގެ ހެންޒެލް އިއްޔެ މަރުވީ ފުޓްބޯޅަ މެޗެއްގެ ތެރެއިންނެވެ. ޑޮކްޓަރުން ބުނާގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ. މަރުވި ސަބަބެއް ކަމަށް ޑޮކްޓަރުން ބުނަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ބޮލީވިއާގެ ޗާޓަރު މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހުން މަރުވި އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން 6 މީހަކު ސަލާމަތްވިއިރު ހެންޒެލްގެ އިތުރުން ދެން ހިމެނެނީ ތިން ފުޓްބޯޅަ ކުޅުންތެރިންނެވެ. ޝަޕޮކޮއެންސް ކްލަބް އަލުން ބިނާކުރުމުގެ ރަމްޒެއްކަމުގައި ވެސް ހެންޒެލް ވަނީ ހިމެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު