އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

އޮރެންޖް ފޭޝަލް ހަދާނީ ކިހިނެއް؟

4 months ago

އައިމިނަތު ހަބީބާ

ބޭނުންވާ ތަކެތި

ޔޯގަޓް

އޮރެންޖު

ފިނިފެން

ހަދާނެ ގޮތް: ޔޯގަޓް އާއި އޮރެންޖު މިކްސް ކޮށްލާށެވެ. އަދި ފުރިޖްގައި 15 މިނިޓް ބަހައްޓާފަ މޫނުގައި ލާށެވެ.


މުޅި މޫނުގައާއި ކަރުގައި ހަދާފަ ހުރި ޕޭސްޓް އުނގުޅާށެވެ. އަދި ބައިގަޑިއިރު ފަހުން މޫނު ސާފު ކޮށްލާށެވެ. ސާފު ކުރުމަށްޓަކައި އޮރެންޖު ތޮށިވެސް ބޭނުން ކުރެވިދާނެއެވެ.


ކޮންމެ ފޭޝަލްއަކާއެކު ސުޓީމް ކުރުންވެސް ވަރަށް ރަނގަޅެވެ.


އޮރެންޖު ފޭށަލް ހަދަންވީ ކީއްވެ؟


ދިވެހި ރާއްޖެ އަކީ އިންތިހާއަށް ހޫނުގަދަ ގައުމެކެވެ. އިރުގެ ދަޅަތަކުން އިންސާނުންގެ މަޑު ހަނގަޑަށް ތަފާތު އަސަރު ކުރެއެވެ. އަދި ސަންބާން ވެއެވެ. އޮރެންޖު ފޭށަލް އަކީ މިކަމުގެ ފަރުވާއެކެވެ.


އޮރެންޖަކީ އެންމެ ގިނަ ވިޓަމިން ސީ އެކުލެވިގެންވާ މޭވާއެވެ. އަދި ހަންގަނޑުގެ ކުލަ ރީތިކޮށް ދިނުމަށްވެސް އެހީވެދޭ މާއްދާއެއްވެސް މެއެވެ. ވިޓަމިން އީވެސް އޮރެންޖު ފޭށަލްގައި ހިމެނެއެވެ. އަދި އިރުގެ ޔޫވީ ރޭސްތަކުން ހަލާކުވެފައިވާ ހަމަށް ރީތި ކުލަ ގެނެސްދޭނީވެސް އޮރެންޖު ފޭށަލްއިންނެވެ. ހަމައެއާއި އެކު އޮރެންޖު މޫނުގައިވާ ބިހިތަކުގެ ފަރުވާއަކަށްވެސް ވެއެވެ.


ބިހިތަކުގެ ފަރުވާ ބޭނުންނަމަ މާމުއި ސަމްސަލެއް އެއްކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު