އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

އުރީދޫ ކަސްޓަމަރުންނަށް 6 މަހުގެ ޕްރައިމް ވީޑިއޯ މެމްބާޝިޕް ހިލޭ!

5 months ago

އިބްރާހިމް އުމަރު

އުރީދޫގެ ޕޯސްޓްޕެއިޑާއި ސުޕަނެޓް ކަސްޓަމަރުންނަށް 6 މަހުގެ ޕްރައިމް ވީޑިއޯ މެމްބާޝިޕް ހިލޭ ހޯދުމުގެ ފުރުސަތެއް އެމޭޒަންއާ ގުޅިގެން އުރީދޫއިން ހުޅުވާލައިފި އެވެ.


އުރީދޫން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕޯސްޓް ޕެއިޑް 1،000ރ. އިން މަތީގެ ޕްލޭނެއް ނަގާފައިވާ ކަސްޓަމަރުންނާއި ސުޕަނެޓް ކަސްޓަމަރުންނަށް މި ހިދުމަތް ލިބޭނެ ކަމަށެވެ. އުރީދޫއާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

 

އުރީދޫ އެޕާއި އުރީދޫ ވެބްސައިޓާއި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެމޭޒަން ޕްރައިމް ވީޑިއޯ އަށް ވަދެވޭނެ އެވެ. އުރީދޫ މެދުވެރިކޮށް، ކުރިން މި ހިދުމަތް ހޯދަމުން އަންނަ ނަމަ ކަސްޓަމަރުންގެ މެމްބާޝިޕް އުރީދޫން އެކްޓިވޭޓް ކޮށްދޭނެ އެވެ.


އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާ އެކު ހޯދޭނެ ހިދުމަތެއް ތައާރަފްކޮށްފަ އެވެ. އެގޮތުން، އޭރު ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ އަޖުމަބެލުމުގެ ގޮތުން މުޅިން ހިލޭ ހަތް ދުވަހު ބޭނުންކުރުމަށް ފަހު ފުރަތަމަ ހަ މަހަށް، މަހަކު 49 ރުފިޔާގެ ފީ އަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް ބޭނުން ކުރެވޭ ގޮތް ފަހިކޮށްދީފަ އެވެ. އަދި ޕްރައިމް ވީޑިއޯ މެމްބަޝިޕް ހިދުމަތް ބޭނުން ކުރުމަށް 5ޖީބީގެ ޑޭޓާއާ އެކު މަހަކު 191ރ. ގެ ފީ އަކަށް ހިދުމަތް ހޯދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު