އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

6 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

5 months ago

ވާހަކަ

މަސްވެރިއަކަސް، ރޫމްބޯއިއަކަސް ގައުމަށް ހިދުމަތް ކޮށްދެވޭނެ!

4 months ago

އިބްރާހިމް އުމަރު

މަސްވެރިއަކަސް އަދި ރޫމްބޯއިއެއްގެ ވަޒީފާ އަދާކުރާ މީހަކަސް ގައުމަށް ހިދުމަތް ކޮށްދެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން، ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ. ދުންޔާ އެގޮތަށް ވިދާޅުވެފައި މިވަނީ މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓަކު މަސްވެރިންނާއި ރޫމްބޯއީންގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.


ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަސްވެރިއަކަސް، ދަނޑުވެރިއަކަސް ގައުމަށް ހިދުމަތް ކޮށްދެވޭނެ"ކަމަށެވެ.


ދުންޔާގެ މިރައްދު އަމާޒުވަނީ އޭދަފުށީ ދާއިރާގެ މެމްބަރު، އަހުމަދު (ރެޑްވޭވް) ސަލީމްއަށާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.


ޕީއެސްއެމް މަޖިލިސް ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވަނީ "ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފަ އައިސް މަޖިލީހަށް ދިޔައީމާ،" ކުރެވޭނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދާފައެވެ. ސަލީމްއާ ވާދަކުރައްވާ އެހެން ކެނޑިޑޭޓަކަށް އަމާޒުކޮށް ސަލީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން "ވަރަށް ހަނި، ކުޑަކުޑަ ނަތީޖާ އަކުން، ލަދުގަންނަ މިންވަރުން އޭދަފުށީ ރައްޔިތުން ވޯޓް ދީގެން ބަލިވާތަން ފެންނާނެ،" ކަމަށް ވެސް ބަހުސްގައި ސަލީމް ވިދާޅުވިއެވެ.


މަސްވެރިންގެ ގަދަރު ކުޑަވާ ގޮތަށް ޝުޖާއު ވާހަކަ ދެއްކެވީވެސް ޕީއެސްއެމް މަޖިލިސް ބަހުސްގައެވެ. އެގޮތުން ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން، މަހައްދާ މީހަކު ހުރެގެން، އެ ނިޒާމު ހިންގެން ނޯންނާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނޭ ކިޔައިގެން ވާހަކަދައްކާ މީހުން އެކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.


"މަހައްދާ މީހުން ޕާޓީއަށްޓަކައި، ތިލަފަތައްޓަކައި ހޮވައިގެން ކިހިނެއްތޯ އަޅުގަނޑުމެން ކައުންސިލްތައް ހިންގާނީ. އެހެންވީމާ ގާބިލް ރައްޔިތުން ކައުންސިލްތަކަށް އިންތިހާބުވެގެން، މި ނިޒާމުގެ އޮނިގަނޑަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްގެން މެނުވީ އަޅުގަނޑުމެންނަށް ލާމަރުކަޒީ ގާނޫނު ހިންގޭކަށެއް ނެތް،" އޭނާ ވިދާޅުވިއެވެ.


ސަލީމްއާއި ޝުޖާއުގެ ވާހަކަތަކާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު