އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

މިދިޔަ މަހު ދައުލަތަށް 1.27 ބިލިއަން ރުފިޔާ ލިބުނު!

5 months ago

އިބްރާހިމް އުމަރު

ނިމިދިޔަ ފެބްރުއަރީ މަހު، މޯލްޑިވްސް އިންލެންޑް ރެވެނއިު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.27 ބިލިއަން ރުފިޔާ ލިބިފައިވާކަން މީރާ އިން އާންމުކޮށްފައިވާ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.


މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ދައުލަތަށް މިދިޔަ މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 794 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 62 ޕަސެންޓެވެ.


ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބުނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކުރި މިންވަރަށް ވުރެ 3.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ވެސް 0.8 ޕަސެންޓް އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު