އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރެހެންދި ނައިޓްމާކެޓް ފަށައިފި

1 year ago

އައިމިނަތު ހަބީބާ

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ރެހެންދި ނައިޓް މާރކެޓް" ފަށައިފިއެވެ.

 

ރެހެންދި ނައިޓް މާރކެޓް 2019 އަކީ ސްކޫލުގެ އެކިއެކި ހަރަކާތްތަކަށް ފަންޑްރެއިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެސްކޫލުގެ ޕީޓީއޭގެ އެކްސްކޯގެ އެކްޓިވިޓީ ޗެއަރ އިރުޝާދު ޒާހިރު ވިދާޅުވިއެވެ. ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މަރކެޓް ކުރިއަށް ދާނީ މާރޗް މަހުގެ 8 އިން 17ގެ ނިޔަލަށެވެ.


އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 ނައިޓް މާރކެޓް ހުޅުވިފައި ހުންނާނެއެވެ. ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާރކެޓުގައި ގިނަ އަދަދެއްގެ ސްޓޯލް ހުންނާނެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އިރުޝާދު ވިދާޅުވިއެވެ.


މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މާރކެޓެއް ކަމަށްވެސް އެސުކޫލުން ބުނެއެވެ. މީގެ ކުރިންވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރެއިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016، 2017، 2018ވަނަ އަހަރުވެސް ވަނީ ޕީޓީއޭ އިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއްވެސް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު