އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

11 months ago

ވާހަކަ

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

11 months ago

އިބްރާހިމް ނާޒިމް

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި އެވެ. ލަންޑަންގައި ނެރޭ "އަލް ޤުދުސް އަލް ޢަރަބީ" ނޫހުން ބުނާގޮތުގައި ޔަހޫދީ އިސްރާޢީލުން ސީރިޔާއަށް ދެން އިތުރު ވައިގެ ހަމަލާތައް ދޭނަމަ ރަޝިޔާއިން އެކަމަށް ރައްދުނުދީ ކެތްކޮށްގެން ނޯންނާނެ އެވެ. މިހެންކަމާއެކު ރަޝިޔާއިން ވަނީ ދިމިޝްޤުގެ އެއަރޕޯޓަށް ދެން އިސްރާޢީލުން އެއްވެސް ހަމަލާއެއް ދޭން އުޅެގެން ނުވާނެކަމަށް ބުނެފަ އެވެ. އަދި އެ އެއަރޕޯޓް އަލުން އާރާސްތުކުރަން އުޅޭކަމަށް ރަޝިޔާއިން ބުނެފަވެއެވެ.


މިދިޔަ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްރާޢީލުން ވަނީ ރަޝިޔާގެ ރެކޮނަައިސަންސް ފްލައިޓެއް ސީރިޔާގެ އައްސޭރިފަށުން މެދުތެރޭކަނޑަށް ވައްޓާލާފަ އެވެ. އެ ފްލައިޓް ވައްޓާލުމުގެ ސަބަބުން ރަޝިޔާގެ 15 ސިފައިން ވަނީ މަރުވެފަ އެވެ. އެކަން ހިނގިއިރު ސީރިޔާއިން ދިޔައީ އިސްރާޢީލުގެ ޢުދުވާނީ ވައިގެ ހަމަލާތަކަށް ރައްދުދެމުންނެވެ. މިހެންކަމާއެކު އިސްރާޢީލުން ބުނެފަ ވަނީ ރަޝިޔާގެ މަތިންދާބޯޓް ވައްޓާލެވުނީ އޮޅުމަކުން ކަމުގައެވެ. ނަމަވެސް ރަޝިޔާއިން ބުނެފައި ވަނީ އިސްރާޢީލުން އެކަންކުރީ ހަމަ ޤަޞްދުގައި ރާވައިގެން ކަމަށެވެ. އެ ހާދިސާއާ ގުޅިގެން މޮސްކޯ އިން ވަނީ އިސްރާޢީލާއެކު އޮތް ވައިގެ ގުޅުންތަކުގައި ކޯޑިނޭޓްކުރުމުގެ މަސައްކަތް ހުއްޓާލާފަ އެވެ. މިއާއެކު އެކަމަށް ނުރުހުން ފާޅުކޮށް ރަޝިޔާ އިން ވަނީ ސީރިޔާގެ ވައިގެ ދިފާއީ ނިޒާމް އިތުރަށް ވަރުގަދަކޮށްދިނުމުގެ ގޮތުން S-300 ގެ މިސައިލުން ދިފާއުވާ ނިޒާމް އެ ޤައުމަށް ފޯރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު