އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އުރީދޫއިން ގެލެކްސީ އެސް 10 ޕްރީއޯޑަރަށް ހުޅުވާލައިފި

1 year ago

އިބްރާހިމް އުމަރު

ސެމްސަންގް ކުންފުންޏާއި ގުޅިގެން އުރީދޫއިން ރާއްޖޭއަށް ސެމްސަންގް ގެލެކްސީ އެސް 10 ތައާރަފް ކޮށްފި އެވެ. އުރީދޫގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ އެސް10 އަދި އެސް10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރު ނަގަން ފަށާފައެވެ. އުރީދޫއިން ބުނީ ޕްރީއޯޑަރުކުރާ ކޮންމެ ފޯނަކާއެކު ގެލެކްސީ ބަޑްސް ހަދިޔާއެއްގެ ގޮތުގައި ލިބޭނެ ކަމަށެވެ.


ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް ޕްރީއޯޑަރަށް ހުޅުވާލާފައިވާއިރު އުރީދޫއިން ވަނީ ފޯނުތައް ގަތުމަށް ހާއްސަ ޕްލޭނެއް ވެސް ތައާރަފް ކޮށްފައެވެ. އެގޮތުން އުރީދޫގެ ކަސްޓަމަރުންނަށް އިންސްޓޯލްމެންޓް ޕްލޭންގެ ދަށުން ފޯނުތައް ގަނެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. މި އިންސްޓޯލްމެންޓް ޕްލޭންގައި ބައިވެރިވެވެނީ އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް 200 އިން މަތީގެ ޕްލޭނެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ.


އުރީދޫއިން ތައާރަފްކުރި އިންސްޓޯލްމެންޓް ޕްލޭން:

ސެމްސަންގް ގެލެކްސީ އެސް 10

128ޖީބީ - ޑައުންޕޭމެންޓް: 1999ރ. މަހުފީ: 942ރ

ސެމްސަންގް ގެލެކްސީ އެސް 10+

128ޖީބީ - ޑައުންޕޭމެންޓް: 2999ރ. މަހުފީ: 992ރ

512ޖީބީ - ޑައުންޕޭމެންޓް: 2999ރ. މަހުފީ: 1300ރ

1ޓީބީ - ޑައުންޕޭމެންޓް: 2999ރ. މަހުފީ: 1775ރ


އުރީދޫއިން ތައާރަފްކުރި ފުލް ޕޭމެންޓް ޕްލޭން

ސެމްސަންގް ގެލެކްސީ އެސް 10

128ޖީބީ - 12999ރ

ސެމްސަންގް ގެލެކްސީ އެސް 10+

128ޖީބީ - 14499ރ

512ޖީބީ - 18199ރ

1ޓީބީ - 23599ރ


ސެމްސަންގް އެސް 10 ސީރީޒް ތައާރަފްކުރުމަށް ބޭއްވުނު ހަފްލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޮނިކްސްގެ ފަރާތުން މެނޭޖިންގް ޑައިރެކްޓަރ އޮފް ސްރީލަންކާ އެންޑް މޯލްޑިވްސް، ހަންބޭ ޕާކް؛ ޑަރިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ ހވޯންގ؛ ހެޑް އޮފް މޮބައިލް އޮޕަރޭޝަންސް، ޝަންތަ ފަރނެންޑޯ؛ އަދި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން؛ އަދި ޑައިރެކްޓަރ އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު